ބްރެންޓްފޯޑް އަތްދަށުވެ ޔުނައިޓެޑަށް ސީޒަނުގެ ތިންވަނަ ބަލި

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ބްރެންޓްފޯޑުން 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

މި ބައްޔާއެކު ޔުނައިޓެޑު ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައެވެ. ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވުމާއެކު އެ ޓީމަށް ލިބިފައިވަނީ އެންމެ ހަތް ޕޮއިންޓެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި އިއްޔެ ކުޅުނު މެޗު ފެށިގެން އަށްވަނަ މިނެޓުގައި އިގޯ ތިއާގޯ ވަނީ ލަނޑެއް ޖަހައި ބްރެންޓްފޯޑަށް ކުރިހޯދަދީފައެވެ. އޭނާ ވަނީ މެޗުގެ 20 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި، އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ހޯދަދީފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ބެންޖަމިން ސެސްކޯ ވަނީ ލަނޑު ޖަހައި ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދީފައެވެ. އެއީ މި ހޫނުމޫސުމުގައި ރެޑްބުލް ލެއިޕްޒިގުން 74 މިލިއަން ޕައުންޑަށް ބަދަލުވުމަށްފަހު، ޔުނައިޓެޑުގެ ޖާޒީގައި ސެސްކޯ ޖެހި ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފު ފެށިގެން، ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ބްރެންޓްފޯޑުގެ އޭރިއާ ތެރެއިން އެ ޓީމުގެ ކެޕްޓަން ނަތަން ކޮލިންސް، ޔުނައިޓެޑުގެ ބްރަޔަން އެމްބުއޭމޯ އަށް ފައުލް ކުރުމާ ގުޅިގެން ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ކޮލިންސް އަށް ރަތް ކާޑު ދެއްކުމާމެދު ގޮތެއް ނިންމުމަށް ފަސް މިނެޓު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ނިންމީ ރަތް ކާޑެއް ނޫން ކަމަށެވެ. ނަތީޖާ އެއްވަރު ކުރުމަށް ލިބުނު ފުރުސަތުގައި ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ތިރިތިރިން ފޮނުވާލި ޕެނަލްޓީ، ބްރެންޓްފޯޑްގެ ކީޕަރު ކެލެހާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ވަގުތާ ހަމަޔަށް ލަނޑެއް ޖެހުމަށް ޔުނައިޓެޑުން މަސައްކަތް ކުރަނިކޮށް، އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި މަތިއަސް ޖެންސެން ވަނީ ލަނޑު ޖަހައި ބްރެންޓްފޯޑަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ޔުނައިޓެޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ