ނޫނޭޒް އަލް ހިލާލަށް ބަދަލުވަނީ

Advertisement

އެންމެ ފަސް

Advertisement

ލިވަޕޫލް ދޫކޮށް، އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ބަދަލުވާން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ލިވަޕޫލުން އަލް ހިލާލަށް ނޫނޭޒް ވިއްކާލަން ނިންމީ 46.3 މިލިއަން ޕައުންޑަށެވެ. އަދި ސައުދީ ލީގުގެ ކްލަބުން މިހާރު ދަނީ ނޫނޭޒްގެ މެޑިކަލް ކަންކަން ފުރިހަމަ ކުރުމަށް ތައްޔާރުވަމުންނެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލަށް ސޮއިކުރީ 2022 ވަނަ އަހަރުއެވެ. ބެންފީކާ ދޫކޮށް ލިވަޕޫލަށް އޭނާ ބަދަލުވީ 64 މިލިއަން ޕައުންޑަށެވެ.

ލިވަޕޫލަށް ކުޅެދިން 143 މެޗުގައި ނޫނޭޒް ވަނީ 40 ލަނޑު ޖަހާފައެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު ފުރަތަމަ 11 ގައި ނޫނޭޒް ކުޅުނީ އެންމެ އަށް މެޗެވެ.

ނޫނޭޒް ވިއްކާލުމާއެކު ލިވަޕޫލަށް އެލެކްސަންޑާ އިސާޒް ގަތުމަށް ބޭނުންވާ ފައިސާ ލިބޭނެއެވެ. ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް، އިސާކް ވަނީ ލިވަޕޫލަށް ބަދަލުވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އިސާކް ހޯދުމަށް ލިވަޕޫލުން ފުރަތަމަ ހުށަހެޅި 110 މިލިއަން ޕައުންޑުގެ ބިޑް، ނިއުކާސަލުން ބަލައިގަނެފައެއް ނުވެއެވެ. އެ ޓީމުން އިސާކް ވިއްކާލުމަށް ނިންމީ 150 މިލިއަން ޕައުންޑަށެވެ.

ލިވަޕޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ