ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލަށް ކުޅެމުން އަންނަ ފޯވާޑް ޑިއޯގޯ ޖޮޓާ މަރުވެފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފި އެވެ.
އުމުރުން 28 އަހަރުގެ ޖޮޓާ މަރުވެފައިވަނީ ސްޕެއިންގައި ހިނގި ކާރު އެކްސިޑެންޓެއްގައި ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
ޕޯޗުގީޒަށް ނިސްބަތްވާ ޖޮޓާ އިން ކާރު އެކްސިޑެންޓްވިއިރު ކާރުގައި އޭނާގެ ކޮއްކޮވެސް އިންކަމަށާއި މި އެކްސިޑެންޓްގައި ޖޮޓާ އަދި އޭނާގެ ކޮއްކޮވެސް މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.
ޖޮޓާ ކައިވެނި ކޮށްފައިވަނީ މީގެ ތެ ހަފުތާ ކުރިންނެވެ. އޭނާގެ ތިން ދަރިން ތިބެ އެވެ.
ޑިއޯގޯ ޖޮޓާ ލިވަޕޫލަށް ސޮއި ކޮށްފައިވަނީ 40 މިލިއަން ޕައުންޑްގެ އަގެއްގައި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.