ބްރައިޓަން އިން ފަހަތުން އަރައި ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އިން ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފިއެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ހާވީ އެލިއަޓް ވަނީ ލަނޑު ޖަހައި ލިވަޕޫލަށް ކުރިހޯދަދީފައެވެ. އޭނާ ލަނޑު ޖަހާފައިވަނީ ކޯނާ ބްރެޑްލީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ޔާސިން އަޔާރީ ވަނީ ލަނޑު ޖަހައި ބްރައިޓަންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޮމިނިކް ސޮބޮސްލައި ޖެހި ލަނޑާއެކު ލިވަޕޫލުން ވަނީ އަލުން ލީޑު ނަގާފައެވެ.

ބްރައިޓަން އިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. މެޗުގެ 69 ވަނަ މިނެޓުގައި މިޓޯމާ ވަނީ ލަނޑު ޖަހައި ބްރައިޓަން އަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖެކް ހިންޝެލްވުޑް ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ.

މި ނަތީޖާއާއެކު ބްރައިޓަން ވަނީ ތާވަލުގެ އަށްވަނަ އަށް ޖެހިލާފައެވެ. ލީގުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ބްރައިޓަން ނިކުންނާނީ ޓޮޓެންހަމް އާ ދެކޮޅަށެވެ. އަދި ލިވަޕޫލް ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސް އާއެވެ.

އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ