އާސެނަލް އިން ފަހަތުން އަރައި ޗެމްޕިއަން ލިވަޕޫލް ކައިރިން އެއްވަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން ފަހަތުން އަރައި 2-2 ގެ ނަތީޖާއަކުން ޗެމްޕިއަން ލިވަޕޫލް ކައިރިން އެއްވަރުކޮށްފިއެވެ.

މީގެ ދެ ހަފުތާ ކުރިން ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލް އިން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ކުރިހޯދައިދިނީ ކޯޑީ ގަކްޕޯ އެވެ. އަދި އޭގެ މިނެޓެއް ފަހުން ލުއިސް ޑިއާޒް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، އާސެނަލް އިން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ގަބްރިއެލް މާޓިނެލީ ޖެހި ލަނޑާއެކު އާސެނަލް އިން ވަނީ ފަރަގު ކުޑަކޮށްފައެވެ. އޭނާ ލަނޑު ޖަހާފައިވަނީ ލިއަންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ރޭގެ މެޗަކޯ ލިވަޕޫލްގެ ޓްރެންޓް އެލެކްސަންޑާ އާނޯލްޑް އެ ޓީމު ދޫކޮށްލާކަން އިއުލާނުކުރި ފަހުން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ދެވަނަ ހާފުގައި އޭނާ ބަދަލަކަށް ކުޅެން ނިކުތްތަނާ، އަމިއްލަ ޓީމުގެ ސަޕޯޓަރުން ވަނީ އޭނާ އަށް ފުރައްސާރަކޮށްފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި މިކޭލް މެރީނޯ ވަނީ ލަނޑު ޖަހައި އާސެނަލް އަށް ނަތީޖާ ހަހަމަހަ ކޮށްދީފައެވެ. އަދި އޭގެ ނުވަ މިނެތު ފަހުން އޭނާ އަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު އާސެނަލް އިން ފަހު 10 މިނެޓް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

ލިވަޕޫލް އިން ވަނީ އެއްވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީން ކުރުމަށް އާސެނަލް އަށް ބޭނުންވަނީ އެންމެ މޮޅެކެވެ.

 

އާސެނަލް އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ