އިތުރު ވަގުތުގައި ޖެހި ލަނޑު ތަކާއެކު ޕޯޗުގަލް އިން ސެމީގެ ޖާގަ ހޯދައިފި

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ އިތުރު ވަގުތުގައި ޖެހި ލަނޑު ތަކާއެކު 5-2 ގެ ނަތީޖާއަކުން ޑެންމާކް ބަލިކޮށް ފްރާންސް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ކުއާޓާގެ ފުރަތަމަ ލެގުގައި ޑެންމާކުން ވަނީ 1-0 ގެ ނަތީޖާއަކުން ފްރާންސްގެ މައްޗަށް ކުރިހޯދާފައެވެ. ޕޯޗުގަލް އިން ދެވަނަ ލެގު ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ. މިއާއެކު، ޕޯޗުގަލް އިންވަނީ 5-3 ގެ އެގްރިގޭޓް ނަތީޖާއެއް ހޯދާފައެވެ.

ރޭގެ މެޗުގެ 38 ވަނަ މިނެޓުގައި ޑެންމާކްގެ ޔަކީމް އެންޑަސަން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން މެޗުގެ 56 ވަނަ މިނެޓުގައި ރަސްމުސް ކްރިސްޓެންސަން ވަނީ ލަނޑު ޖަހައި ޑެންމާކަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި މެޗުގައި ދެވަނަ ފަހަރަށް ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އަށް ވަނީ މެޗުގެ ކުރީކޮޅު ރަނުގެ ފުރުސަތެއް ލިބިފައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯ ފޮނުވާލިއިރު، ޑެންމާކްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ރޮނާލްޑޯ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ކްރިސްޓިއެން އެރިކްސަން ވަނީ ލަނޑު ޖަހައި، އަނެއްކާވެސް ޑެންމާކަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި މެޗުން ޕޯޗުގަލް މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ބަދަލަކަށް ކުޅެން ނިކުތް ފްރާންސިސްކޯ ޓްރިންކާއޯ އެވެ. އޭނާ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް ލަނޑު ޖަހައި، ޕޯޗުގަލް އަށް އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިތަނާ އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ޕޯޗުގަލް އަށް ކުރިހޯދަދީފައެވެ. އިތުރު ވަގުތު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޕޯޗުގަލް އަށް ލީޑު ފުޅާކޮށްދިނީ ގޮންސާލޯ ރާމޯސް އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ނިކުންނަނީ ޖަރުމަނާ ދެކޮޅަށެވެ.

ފްރާންސް ޔުއެފާ ނޭޝަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ