ޕެނަލްޓީގައި ކްރޮއޭޝިއާ ބަލިކޮށް ފްރާންސް ސެމީ އަށް

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ ބަލިކޮށް، ފްރާންސް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކުއާޓާގެ ފުރަތަމަ ލެގުގައި ކްރޮއޭޝިއާ އިންވަނީ 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށްފައެވެ. ނަމަވެސް، ރޭގެ މެޗުގައި ފްރާންސުން ވަނީ 2-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް، އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި މައިކަލް އޮލީސޭ ވަނީ ލަނޑު ޖަހައި، ފްރާންސަށް ކުރިހޯދަދީފައެވެ.

ފްރާންސުން އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި އޮސްމާން ޑެމްބެލޭ އެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ.

ޕެނަލްޓީގައި ފްރާންސުން ކުރިހޯދީ 5-4 ގެ ނަތީޖާއަކުންނެވެ. ފްރާންސުން ވަނީ ޖެހި ހަތް ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ކީލިއަން އެމްބާޕޭ، އައުރެލިއަން ޗުއަމެނީ، ރަންޑަލް ކޯލޯ މުއާނީ، ޑެޒެއާ ޑޫއޭ އަދި ޑަޔޫޓް އުޕަމެކާނޯ އެވެ. އެ ޓީމުގެ ތެއޯ ހެނާންޑޭޒް އާއި ޖޫލްސް ކޫންޑޭ ފޮނުވާލި ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެއެވެ.

ކްރޮއޭޝިއާ އިން ޖެހި ހަތް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ހަތަރު ޕެނަލްޓީ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ޑޫޖް ކަލެޓަ-ސާ، ނިކޮލަ މޯރޯ، މާރިއޯ ޕަސާލިޗް އަދި ކްރިސްޓިޖާން ޖަކިޗް އެވެ. މާޓިން ބަޓުރީނާ، ފްރާންކޯ އިވަނޮވިޗް އަދި ޖޯސިފް ސްޓަނިސިޗް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސް ނިކުންނާނީ ޔޫރަޕުގެ ޗެމްޕިއަން، ސްޕެއިން އާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހު އެވެ.

ފްރާންސް ޔުއެފާ ނޭޝަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ