ކްރޮއޭޝިއާ އަތުން ބަލިވެ، އެމްބާޕޭގެ އެނބުރި އައުން ހަރާބު ވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ކްރޮއޭޝިއާ ކައިރިން 2-0 ގެ ނަތީޖާއަކުން ބަލިވެ، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ އެނބުރި އައުން ހަރާބުވެއްޖެއެވެ.

ފްރާންސްގެ ސްކޮޑުގައި މިފަހަރު އެމްބާޕޭ ހިމަނާފައިވާއިރު، އެންމެ ފަހު ދެ އިންޓަނޭޝަނަލް ބްރޭކްގައި ޓީމަށް ނަގާފައެއް ނުވެއެވެ. ދެފަހަރުވެސް އޭނާ ޓީމަށް ނުނެގީ އަނިޔާގެ ސަބަބުންނެވެ. ރޭގެ މެޗަށް އޭނާ އެނބުރި އައި ނަމަވެސް، ފްރާންސަށް ހޯދުނީ އެންމެ އެދެވޭ ނަތީޖާއެއް ނޫނެވެ.

ރޭގެ މެޗު ފެށިގެން 26 ވަނަ މިނެޓުގައި އެންޓި ބުޑެމިއޭ ބޮލުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ފްރާންސްގެ ކީޕަރު މައިކް މައިގްނަން ގައިގައި ޖެހިފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، އިވާން ޕެރިސިޗް ވަނީ ލަނޑު ޖަހައި ކްރޮއޭޝިއާ އަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ކުރީކޮޅުވެސް ކްރޮއޭޝިއާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން، އެ ޓީމަށް ޕެނަލްޓީއެއް ލިބިފައިވާއިރު، އަންޑްރެޖް ކްރެމަރިޗް އަށް ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭނާ ފޮނުވާލި ޕެނަލްޓީ، މައިގްނަން ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ޖޮސްކޯ ގްވާޑިއޯލް ފޮނުވާލި ބާރު ހަމަލާވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އާދީއްތަ ދުވަހު ފްރާންސްގައި ކުޅޭ ދެވަނަ ލެގުގައި ނަތީޖާ އަނބުރާލުމަށް ފްރާންސަށް ވަނީ މަޖުބޫރުވެފައެވެ.

ޔުއެފާ ނޭޝަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ