ނޭޝަންސް ލީގު: ރެކޯޑު މޮޅަކާއެކު ޖަރުމަނަށް ގުރޫޕުގެ އެއްވަނަ

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނުން 7-0 ގެ ނަތީޖާއަކުން ބޮސްނިއާ ބަލިކޮށް، ގުރޫޕުގެ އެއްވަނަ ހޯދައިފިއެވެ.

މި މުބާރާތް އަލަށް ބޭއްވިތާ ހަ އަހަރު ވެފައިވާއިރު، މިހާތަނަށް އެއް މެޗުން ހަތް ލަނޑު ޖެހުނު ހަމައެކަނި ޓީމަކީ ޖަރުމަނެވެ.

ރޭގެ މެޗު ފެށިގެން ދެވަނަ މިނެޓުގައި ޖަމާލް މުސިއާލާ ވަނީ ލަނޑެއް ޖަހައި، ޖަރުމަނަށް ކުރިހޯދަދީފައެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ޓިމް ކްލެއިންޑީންސްޓް ވަނީ ޖަރުމަނަށް ލީޑު ފުޅާކޮށްދީފައެވެ.

ޖަރުމަނުން ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި، ބޮޑު ލީޑެއް ނަގާފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އާސެނަލްގެ ތަރި، ކައި ހަވާޓްޒްއެވެ.

ދެވަނަ ހާފު ފެށިގެން، ފްލޯރިއަން ވާޓްޒް ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެތެރެއިން އެއް ލަނޑަކީ، ޖަރުމަނަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި އެ ޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކުރީ ލެރޯއި ސާނޭ އާއި ކްލެއިންޑީންސްޓްއެވެ.

ރޭގެ މެޗަށް ނިކުތްއިރުވެސް ޖަރުމަނަށް ވަނީ ކުއާޓާގެ ޖާގަ ކަށަވަރުވެފައެވެ. އަދި މި މޮޅާއެކު، އެ ޓީމުން ވަނީ އެއްވަނަ މަގާމު ހޯދާފައެވެ. އަދި މެޗުން ބަލިވުމާއެކު ބޮސްނިއާ ވަނީ ރެލިގޭޓް ވެފައެވެ.

ޔުއެފާ ނޭޝަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ