ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް: 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަޔާން އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ ފައިނަލުގައި ޔާސީން އަހުމަދު ނާޝިދު ބަލިކުރުމަށްފަހު، ކަޔާން އަބްދުﷲ އަރީފް ޗެމްޕިއަންކަން ހޯދައިފި އެވެ.

ކަޔާން އަކީ މިދިޔަ އަހަރުގެ ދިވެހި ސާފް ލީގުގެ ޗެމްޕިއަން އެވެ. މިއަހަރުގެ އިވެންޓުތަކަށް ބަލާއިރު، ކަޔާން ވަނީ ކަޅެގަލެކޮޑާގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އޭނާ ވަނީ ރަންދާ ރާޅުގަނޑުން ދެވަނަ، މުލީކޮޅު ރާޅުގަނޑުން ތިންވަނަ ހޯދާފަ އެވެ. 2590 ޕޮއިންޓާއެކު ކަޔާން މިވަގުތު އޮތީ ތާވަލުގެ ދެވަނައިގަ އެވެ.

ކަޔާން އާއި ޔާސީން ފައިނަލަށް ދަތުރުކުރީ ވާދަކުރި ހުރިހައި ހީޓެއްގެ އެއްވަނަ ހޯދައިގެނެވެ. ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި ޔާސީން ވަނީ ޔޫސުފް ކަޔާން ހަމްދާން ޒަކީގެ މައްޗަށް ކުރިހޯދާފަ އެވެ. ޔާސީން ވަނީ ސެމީގައި 12 ޕޮއިންޓު ހޯދާފަ އެވެ. ޔޫސުފް ކަޔާން އަށް ލިބުނީ 5.75 އެވެ.

ސެމީ ފައިނަލުގެ ދެވަނަ ހީޓުގައި ކަޔާން ވަނީ 18 އަހަރުން ދަށުގެ ޗެމްޕިއަން، މުހައްމަދު އިނާން އަބްދުލް ހައްނާން ބަލިކޮށްފަ އެވެ. ކަޔާން ހަތް ޕޮއިންޓު ހޯދިއިރު، އިނާން އަށް ލިބުނީ 6.90 އެވެ.

ފައިނަލުގައި ކަޔާން ވަނީ 11.33 ހޯދާފަ އެވެ. ޖުމްލަ ހަތް ރާޅާއެޅި ކަޔާންގެ އެންމެ ރަނގަޅު ސްކޯ ތަކަކީ 5.00 އާއި 6.33 އެވެ. ފައިނަލުގައި ޔާސީން އަށް ހޯދުނީ 7.24 އެވެ. ޔާސީން ހަތަރު ރާޅާއެޅިއިރު، އޭނާގެ އެންމެ ރަނގަޅު ސްކޯ ތަކަކީ 3.17 އާއި 4.07 އެވެ.

މިއަހަރުގެ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ޖުމްލަ 15 ސާފަރުން ވަނީ ވާދަކޮށްފަ އެވެ.

ގަައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕ ސާފިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ