ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް: ނޫހު ބަލިކޮށް، ޔާސީން 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ދިފާއުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ފައިނަލުގައި ނޫހު މުހައްމަދު ދުނެއިމް އިރުޝާދު ބަލިކޮށް، ޔާސީން އަހުމަދު ނާޝިދު ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ 16 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ޗެމްޕިއަނަކީ ޔާސީން އެވެ. މީގެއިތުރުން އޭނާ ވަނީ 2022 ވަނަ އަހަރުގެ 16 އަހަރުން ދަށުގެ ބައިންވެސް ޗެމްޕިއަންކަން ހޯދާފަ އެވެ. ޔާސީން ވަނީ މިއަހަރުގެ ދިވެހި ސާފް ލީގުގެ މުލީކޮޅު ރާޅުގަނޑުގެ ރަނަރަޕްކަން ހޯދައި، 2200 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ އަށް ޖެހިލާފަ އެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލަށް ޔާސީން އާއި ނޫހު ދަތުރުކުރީ، ވާދަކުރި ހުރިހައި ހީޓެއްގެ އެއްވަނަ ހޯދައިގެނެވެ. އެގޮތުން، ޔާސީން ފައިނަލަށް ދިޔައީ ސެމީ ގައި އަހުމަދު ރަފާން ރައުފް ބަލިކުރުމަށްފަހު އެވެ. ޔާސީން ވަނީ ސެމީ ގައި 11.50 ސްކޯ ކޮށްފަ އެވެ. އެއީ 14 އަހަރުން ދަށުގެ ބައިގައި މިއަހަރު ފެނުނު އެންމެ މަތީ ސްކޯ އެވެ. ނޫހު ފައިނަލަށް ދަތުރުކުރީ ސެމީ ގައި ހުސައިން އަޒާން އިސްމާއީލް ބަލިކުރުމަށްފަހު އެވެ.

ފައިނަލުގައި ޔާސީން ވަނީ ޖުމްލަ 9.83 ސްކޯ ކޮށްފަ އެވެ. ޖުމްލަ ހަތް ރާޅާ އެޅިއިރު، އެންމެ މަތިން ލިބުނީ 3.83 އާއި 6.00 ޕޮއިންޓެވެ. ޖުމްލަ ހަތް ރާޅާ އެޅި ނޫހު އަށް ލިބުނީ 6.57 އެވެ. އޭނާ އަށް އެންމެ މަތިން ސްކޯ ކުރެވުނީ 3.50 އާއި 3.07 އެވެ.

ޔާސީން ވަނީ މިއަހަރުގެ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިންވެސް ދެވަނަ ހޯދާފަ އެވެ.

ގަައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕ ސާފިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ