ތުރުކީ ކައިރިން އެއްވަރުކޮށް ސްޕެއިން ވޯލްޑް ކަޕަށް

Advertisement

އެންމެ ފަސް

Advertisement

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި 2-2 ގެ ނަތީޖާއަކުން ތުރުކީ ކައިރިން އެއްވަރުކޮށް، ސްޕެއިނުން ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުކޮށްފި އެވެ.

ސްޕެއިނުން ވަނީ ކޮލިފައިންގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބައިކޮޅަށް ލަނޑެއް ވަނަނުދީ މޮޅުވެފަ އެވެ. ކޮލިފައިންގައި ސްޕެއިން ކޮޅަށް ލަނޑު ޖެހުނު ހަމައެކަނި ޓީމަކީ ތުރުކީ އެވެ. 16 ޕޮއިންޓާއެކު ސްޕެއިން އަށް ގުރޫޕުގެ އެއްވަނަ ލިބުނުއިރު، ތުރުކީއަށް ލިބުނީ 13 ޕޮއިންޓާއެކު ދެވަނަ އެވެ.

ރޭގެ ނަތީޖާއާއެކު ސްޕެއިން އިން ވަނީ ބަލިނުވެ، ވިދިވިދިގެން 31 މެޗު ފުރިހަމަކޮށްފަ އެވެ. މިއާއެކު، އެ ޓީމުން ވަނީ އިޓަލީ އިން 2018 އިން 2021 އަށް ހެދި ރެކޯޑާ އެއްވަރުކޮށްފަ އެވެ.

ރޭގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޑެނީ އޮލްމޯ ވަނީ ލަނޑެއް ޖަހައި ސްޕެއިން އަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޑެނިޒް ގުލް ޖެހި ލަނޑާއެކު ތުރުކީ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނެޓުގައި ސާލިހު އޮޒްކާން ޖެހި ލަނޑާއެކު ތުރުކީއިން ވަނީ ފުރަތަމަ ފަހަރަށް ލީޑު ނަގާފަ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި ސްޕެއިން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިކޭލް އޮޔަރަޒަބާލް އެވެ.

މި ނަތީޖާއާއެކު، ކޮލިފައިންގައި ބައިކޮޅަށް ލަނޑެއް ނުވަދެ އޮތް ހަމައެކަނި ޓީމަކީ އިންގްލެންޑެވެ.

ވޯލްޑް ކަޕް ކޮލިފައިން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ