ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ޖެނުއަރީ 13 ގައި ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ފުރަތަމަ ފަހަރަށް ބާއްވާ ”ސާފް ފުޓްސަލް ޗެމްޕިއަންޝިޕް“ އަންނަ އަހަރުގެ ޖެނުއަރީ 13 ގައި ފަށަން ތާވަލުކޮށްފި އެވެ.

ތައިލެންޑުގެ ބެންކޮކްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ކުރިޔަށްދާއިރު، ކޮންމެ ޑިވިޝަނަކުންވެސް ޖުމްލަ ހަތް ގައުމަކުން ވާދަކުރާނެ އެވެ. އެއީ ރާއްޖޭގެ އިތުރުން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ.

މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެހެންކަމުން، ކޮންމެ ޓީމަކުން މުބާރާތުގައި ޖުމްލަ ހަ މެޗު ކުޅެން ޖެހޭނެ އެވެ. ލީގު ނިމުމާއެކު އެންމެ ގިނަ ޕޮއިންޓު ލިބޭ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެ އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގައި ރާއްޖެ އެންމެ ފުރަތަމަ ބައްދަލުކުރާނީ ޕާކިސްތާން އާއެވެ. މުބާރާތް ފަށާ ދުވަސް ކަމަށްވާ ޖެނުއަރީ މަހު 14 ގައި ޕާކިސްތާނާ ދެކޮޅަށް ކުޅޭއިރު، ދެވަނަ މެޗުގައި 16 ވަނަ ދުވަހު ނިކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ.

މުބާރާތުގެ ރާއްޖެއިން ކުޅޭ ތިންވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހު އެވެ. އެޔަށްފަހު، 22 ވަނަ ދުވަހު ނިކުންނާނީ ނޭޕާލް އާ ދެކޮޅަށެވެ. ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗު، 24 ވަނަ ދުވަހު ކުޅޭއިރު، މުބާރާތުގެ ފަހު މެޗުގައި 26 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ.

އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ރާއްޖެ ބައްދަލުކުރާނީ އިންޑިއާ އާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 13 ވަނަ ދުވަހު އެވެ. އަދި 15 ވަނަ ދުވަހު ނޭޕާލް އާ ދެކޮޅަށް ކުޅޭއިރު، 17 ވަނަ ދުވަހު ބައްދަލުކުރާނީ ޕާކިސްތާން އާއެވެ. އެޔަށްފަހު، 21 ވަނަ ދުވަހު ނިކުންނާނީ ބޫޓާން އާ ދެކޮޅަށެވެ. 23 ވަނަ ދުވަހު ގައުމީ އަންހެން ޓީމު ބައްދަލުކުރާނީ ލަންކާ އާއެވެ. އަދި މުބާރާތުގެ ފަހު މެޗުގައި އަންހެން ޓީމު ނިކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 25 ވަނަ ދުވަހު އެވެ.

ސާފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ