އަބްދުއްރަހުމާންގެ ޤާތިލުން މިނިވަންކަމުގަ އުޅޭތާ މަހެއް! ތަހުޤީޤްގަ ކޮޅެއް ނުފެނި ފުލުހުން ހަނު

Advertisement

އެންމެ ފަސް

Advertisement

މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު އއ. މާޅޮހުގައި ޒަހަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާން އާދަމް މަރުވެފައިވަނީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. އޭނާ ނިދާފައި އޮށްވާ ބަޔަކު އެ ގެޔަށްވަދެ އޭނާ އޮތް ކޮޓަރިއަށްވަދެ ހަމަލާދިނުމުގެ ސަބަބުން މޫނާއި ބޮލަށް ބޮޑެތި ޒަހަމުތަކެއް ލިބިފައި ހުރިކަމަށް ރަށުން ވާހަކަދެއްކި މީހުން ބުނެފައިވެ އެވެ.

އަބްދުއްރަހްމާން މަރާލިތާ މަސްދުވަސް މިއަދަށް ވެފައިވާއިރު، މި މައްސަލައިގައި އަދިވެސް ފުލުހުންގެ ހައްޔަރަށް މީހަކު ގެންގޮސްފައެއް ނުވެ އެވެ. އަދި ފުލުހުން މި މައްސަލައިގެ ތަފްސީލެއް އެއްވެސް ވަރަކަށް ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން މި މައްސަަލައިގައި މިހާތަނަށްވެސް ހާމަކޮށްފައިވަނީ ޕޮސްޓްމޯޓަމް ހެދުމަށްފަހު ލިބުނު ވަގުތީ ނަތީޖާގައި އޮތް ވާހަކައެކެވެ. އެއީ އަބްދުއްރަހްމާން މަރުވީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވީ ކަމަށެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތްކުރަނީ — ފޮޓޯ: އަދަދު

ބައެއްގެ ފޯނާއި، ފައިވާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ!

އަބްދުއްރަހްމާން މަރާލިތާ މަސްދުވަސް ވެފައިވާއިރު، ”ޖަވިޔަނި“އަށް އެނގިފައިވާގޮތުގައި، މިފަހުން ފުލުހުން ވަނީ މާޅޮހުން ހަތަރު މީހެއްގެ ފޯނާއި ލެޕްޓޮޕް އަދި އިތުރު ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އޭގެން އެކަކާ ސުވާލު ކުރުމަށް ފުލުހުން ގެންދިޔަ ކަމަށާއި އަދި ސުވާލު ކުރުމަށްފަހު އެމީހާވެސް ދޫކޮށްލި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ސުވާލު ކުރުމުންވެސް ފުލުހުން ޖަވާބެއް ދީފައެއް ނުވެ އެވެ.

މިކަމަކީ އަބްދުއްރަހްމާންގެ މަރުގެ ތަހުގީގާ ގުޅިގެން ކުރިއަށްގެންދިޔަ ކަމެއްކަންވެސް ނުވަތަ އެހެން މައްސަލައަކާ ގުޅޭކަމެއްކަންވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އަބްދުއްރަހްމާނަށް ހަމަލާދިނީ މި ގޭގައި ނިދާފައި އޮށްވާ–

މި މައްސަލައިގައި އަބްދުއްރަހްމާންގެ އަންހެނުންގެ ފޯނު ފުލުހުން ހިފެހެއްޓުމަށްފަހު ދޫކޮށްލި ކަމަށްވެސް ކުރިން ވާހަކަ ދެކެވުނެވެ. ނަމަވެސް މިކަމުގައިވެސް ފުލުހުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.

އަބްދުއްރަހްމާންގެ މަރާ ގުޅިގެން ފުލުހުން ހަނު!

އަބްދުއްރަހްމާންގެ މަރާ ގުޅިގެން ”ޖަވިޔަނި“އިން ތަކުރާރުކޮށް އެކި ފަހަރުމަތިން ފުލުހުންގެ މީޑިޔާއާ ވަނީ ސުވާލު ކޮށްފަ އެވެ. ނަމަވެސް މިކަމުގައި ”ހަނު ހުރުން“ ފިޔަވާ އިތުރު ޖަވާބެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެ އެވެ.

ޖުލައި 27 ވަނަ ދުވަހު ފުލުހުންގެ މީޑިޔާާއާ ”ޖަވިޔަނި“އިން ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ، މި މައްސަލައިގައި ”މީޑިޔާއާ ހިއްސާކުރެވިދާނެ އިތުރު މައުލޫމާތެއް މިވަގުތު ނެތް“ ކަމަށެވެ.

އަބްދުއްރަހުމާން ދިރިއުޅޭ ގެ ކައިރީގައި އުޅޭ އުމުރުން ދުވަސްވީ މީހެއްގެ ފަރާތުން ފުލުހުން މިއަދު ހަވީރު މައުލޫމާތު އެއްކުރަނީ .—ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަބްދުއްރަހްމާންގެ މަރުގެ ތަހުގީގާ ގުޅިގެން ކިރިޔާވެސް ޖަވާބެއް ދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ. ޖުލައި 16 ވަނަ ދުވަހު ”ޖަވިޔަނި“އަށް މައުލޫމާތު ދެއްވަމުން ސީޕީ ނަވީން ވިދާޅުވީ، ވަކިގޮތަކަށް އަދި ކަމަކަށް ބުރަނުވެ ހުޅުވާލެވިފައިވާ ވިސްނުމެއްގައި ވަރަށް ގިނަ ކަންކަން ތަހުގީގުގެތެރެއިން ބަލަމުންދާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ހުރިހާ އޭންގަލަކުންވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މީހަކު ހައްޔަރު ނުކުރެވި މަހެއް، ތަހުގީގަށް ކުރިއެރުން ނުލިބެނީ؟

އަބްދުއްރަހްމާންގެ މަރަށް މަހެއްވެފައިވާއިރު މިއަދުވެސް ”ޖަވިޔަނި“އިން ވަނީ މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުންނާ ސުވާލު ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. ސުވާލަކީ މި މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް އެއްވެސް ކުރިއެރުމެއް ނުލިބެނީތޯ، އުފެދޭ ސުވާލެވެ.

އަބްދުއްރަހްމާންގެ މަރަށްފަހު އޭނާއާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ދެކެވިފައިވެ އެވެ. ސިހުރުގެ ތުހުމަތު ކުރެވި އެކި ގޮތްގޮތަށް އޭނާއާ ގުޅޭގޮތުން ތުހުމަތުތައް ކުރެވިފައިވެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ކަމެއް ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ.

އަބްދުއްރަހްމާންގެ ދަރިންގެ ތެރެއިން އެއް ދަރިއަކު ހުރީ ޖަލުގަ އެވެެ. މުހައްމަދު ނާޒިމް / އއ. މާޅޮސް، އަސަރީގެ ޖަލުގައި ހުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަރާލުމަށް ދިން ހަމަލާގެ މައްސަލައާ ގުޅިގެންނެވެ. އޭނާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް، ބޮން ހަރުކޮށްފައިހުރި ސައިކަލު ގޮއްވާލުމަށް އަދުހަމް އަހުމަދު ރަޝީދަށް ރިމޯޓު ދިން މީހާ އެވެ. އަބްދުއްރަހްމާންގެ މަރާއި، ނާޒިމްގެ ހަރުކަށި ފިކުރުގެ ވިސްނުމުގެ ކަންކަމާ ގުޅުންހުރި ކަމުގެ ވާހަކަތަކެއްވެސް ދެކެވުނެވެ. އެގޮތުން ނާޒިމް ޖިހާދަށް ދިއުމަށް ބަޔަކަށް ދިން ފައިސާ އަނބުރާ ހޯދުމުގައި ހިނގާދިޔަ ކަންތައްތަކެއްގެ ވާހަކަވެސް އޮތީ ފެންމަތިވެފަ އެވެ.

Abduhrahumaan Adam, AA. Maalhos

މިމަރަށް އިންސާފު ބޭނުންވާ އެތައްބަޔަކު އެބަތިއްބެވެ. އަބްދުއްރަހްމާންގެ ޤާތިލުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އޭނާގެ އާއިލާ އަދި މާޅޯހުގެ ރައްޔިތުން އެދެ އެވެ. ނަމަވެސް މި މަރަށް މަހެއް ވެގެންދިޔައިރުވެސް، މީހަކު ހައްޔަރު ނުކުރެވި، ތަހުގީގު ގޮސްފައިވާ ހިސާބެއްވެސް އެނގިފައި ނެތުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

އއ. މާޅޮސް އަބްދުއްރަހްމާންގެ މަރު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ