އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީން މިދިޔަ މަހުގެ ތިން ވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ބަންދުކުރި 6 މީހުން ބަންދުން ދޫކޮށްލައިފި އެވެ.

މުޒާހަރާގެ ތެރެއިން 6 މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަހުގެ މުއްދަތެއްދީފައިވެ އެވެ. އެމީހުންގެ ބަންދު މުއްދަތު މިއަދަށް ހަމަވިއިރު، އެ މީހުންގެ ބަންދު މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ގެންގޮސްފައިވެ އެވެ.

މިއަދުގެ ބަންދު މަޖިލީހުގައި ފުލުހުން ވަނީ މި ހަ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ދިނުމަށް އެދިފަ އެވެ. ނަމަވެސް ކޯޓުން ނިންމީ ޝަރުތު ކުރުމަށްފަހު މި މީހުން ބަންދުން ދޫކޮށްލުމަށެވެ. އެގޮތުން ތަހުގީގަށް އެއްބާރުލުން ދިނުމާއި މާލޭން ބޭރަށް ދާނަމަ ފުލުހުންނަށް އަންގަންޖެހުންފަދަ ޝަރުތުތައް ހިމެނެ އެވެ.

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް، އަޒީމް އަލީ، އަލީ ޖުމާން އަދި ހަސަން ޝާކިރު އެވެ.

އެމްޑީޕީން އޮކްޓޫބަރު 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގައި، ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާފައިވެ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންވަނީ ބެރިކޭޑް ބޭނުންކޮށް ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ފެންފުޅިފަދަ ތަކެތި އުކާ، ފުލުހުންގެ ޝީލްޑްފަދަ ބައެއް އާލާތްތައް ގަދަކަމުން އަތުލާފައިވެ އެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ