ގަވާއިދާ ޚިލާފަށް އެތެރެކުރި 3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި

Advertisement

އެންމެ ފަސް

Advertisement

ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓުނު ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ނައްތާލައިފި އެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި ނައްތާލާފައިވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ހުރި 3,183,040 (ތިން މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ސާޅީސް) ސިނގިރޭޓް ނުވަތަ 199 ކޭސް ސިނގިރޭޓެވެ. މި ތަކެތި ނައްތާލާފައިވަނީ ދޫނިދޫގަ އެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގެރޭޓްސް ނައްތާލުން — ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އިން ބުނި ގޮތުގައި މިއީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައި ފާސްކުރުމުގެ ތެރެއިން ހޯދުނު ތަކެއްޗެވެ.

ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި، ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި، ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރުމުގެ އެކި މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގެރޭޓްސް ނައްތާލުން — ފޮޓޯ: ކަސްޓަމްސް

މި ތަކެތި ނައްތާލި އިރު، ފާހަގަކޮށްލެވޭ ކަމަކީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕްގެ ނަމުގައި މިދިޔަ އަހަރު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން ހިފަހައްޓާފައި ވަނިކޮށް ދާދިފަހުން ވަނީ ގެއްލިފަ އެވެ.

އެ މައްސަލައިގައި 12 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައި، ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިންކަމަށްވާ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް ހިމެނެ އެވެ.

ކަސްޓަމްސް ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ