އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ އަމިއްލައަށް ހަދާ ޤާނޫނުތަކަށް އަމަލުކުރުން: ހުކުރު ހުތުބާ

Advertisement

އެންމެ ފަސް

Advertisement

އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތްﷲގެ ޝަރީއަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ޤާނޫނުތަކަށް ޢަމަލުކުރުން ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

”ދީން ރައްކާތެރިކުރުން“ މި މައުޟޫޢުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި މާތް ﷲ އިންސާނުން މި ބިމުގައި ހަލީފާވެރިކުރައްވައި، ހެޔޮ ނުބައި ވަކިކޮށްދެއްވުމަށް ރަސޫލުބޭކަލުން ފޮނުއްވެވިކަން ހަނދާންކޮށްދިނެވެ. އަދި މި އެންމެހައި ބޭކަލުން ގޮވައިލެއްވީ އިސްލާމް ދީނަށްކަން ހުތުބާގައި ބުނެފައިވެ އެވެ.

”އެއްވެސް ޝައްކެއްނެތް ގޮތުގައި މި ދީން، އޭގެ މައްޗަށް ބިނާވެގެންވާ ދެ މަސްދަރެއްވޭ. އެއީ، މާތް ﷲގެ ކަލާމްފުޅާއި ނަބިއްޔާގެ ސުންނަތް.“

ހުތުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކީރިތި ޤުރްއާނާއި ސުންނަތާ ނުލައި ދީން ފުރިހަމަ ނުވާނެ އެވެ.

ޣައިރުދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ މުސްލިމުން ބައިބައިކޮށް، އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، މުސްލިމުންގެ ވަހުދަތު ނަގައިލުމަށް ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. އަދި އިސްލާމްދީނުގެ އަހުލުވެރިން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތްވެގެން ނުވާނެ ކަމަށާއި، އެ މީހުންގެ ދީނީ އިހްތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމީވަންތަކަން ގެއްލި، ދީނީ ޝަޚްޞިއްޔަތު ހަލާކުވެދާނެ ކަމެއް ކަމުގައި ބުނެފައިވެ އެވެ.

ހުތުބާ ނިންމާލާފައިވަނީ އަހަރެމެންނަކީ ޒަމާނުއްސުރެން މާތް ﷲގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބައެއް ކަމަށާއި، އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ސުލްހަވެރިކަމާއި އަޚުވަންތަކަމާ އެކުގައި ކަން ފާހަގަ ކުރަމުންނެވެ.

ހުކުރު ހުތުބާ ދީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ