ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި 2 ހުތުބާއެއް ފޮރުވާފައި އޮތް: މިނިސްޓަރ ޝަހީމް

Advertisement

އެންމެ ފަސް

Advertisement

ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 2 ހުތުބާއެއް ފޮރުވައިފައި އޮތް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ކުރެއްވި ސުވާލަކީ، ދިވެހި ރާއްޖޭގެ ހުކުރު ހުތުބާ ތައްޔާރު ކުރުމުގައި ގެންގުޅޭ އުސޫލުތަކަކީ ކޮބައިތޯ އަދި ހުތުބާ ތައްޔާރު ކުރުމުގައި އިސްލާމީ ތާރީހާއި އިސްލާމީ ހަލޯރަތުގެ ބައިތަށް ހިމެނުމަށް ކިހާވަރެއްގެ އިސްކަމެއް ދެއްވަންތޯ އެވެ.

މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 2 ހުތުބާއެއް ފޮރުވައިފައި އޮތްއިރު އެއް ހުތުބާއަކީ ރިބާގެ ނުބައިކަމާ ގުޅޭ ހުތުބާއެއް ކަމަށާއި، އަނެއް ހުތުބާއަކީ ވެރި މީހާގެ މަސްއޫލިއްޔަތާއި ގުޅޭ ހުތުބާއެއް ކަމަށެވެ.

”މީގެ ތެރޭގައި އެއް ހުތުބާ ލިޔުއްވީ އުސްތާޒު އިބްރާހީމް ރަޝީދު މޫސާ، އަނެއް ހުތުބާ ލިޔުއްވި ބޭފުޅަކު އަޅުގަނޑު ސީދާ މިވަގުތު ހަނދާނެއް ނެތް.“

މި ދެ ހުތުބާ ކިޔުމަށް ޝެޑިއުލް ކޮށްފައި އޮތުމަށްފަހު، މި ހުތުބާތައް އޮތީ ނުކިޔާ ގޮތަށް ނިންމައި ފޮރުވައިފައި ކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ. އަދި އެހުތުބާތައް ފޮރުވައިފައި އޮއްވައި މި ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި މި 2 ހުތުބާ ކިޔައިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ، ދީނުގައި އޮންނަ ކަމެއް ފޮރުވާފައި ބާއްވަން ނުވާނެ ކަަމަށާއި، ހުތުބާތައް އިއްވަން ޖެހޭނެ ކަމަށެވެ.

ހުކުރު ހުތުބާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ