’ހޯޕް އައިލެންޑް‘ މަޝްރޫއަށް އިންވެސްޓަރުން ލިބިއްޖެ، އަންނަ މަހު މަސައްކަތް ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ’ހޯޕް އައިލެންޑް’ގެ މަޝްރޫއަަށް އިންވެސްޓަރަކު ހަމަޖެހިފައިވާ ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، މި މަޝްރޫއަށް އިންވެސްޓުކުރާނެ ފަރާތެއް ލިބިފައިވާތީ، މިހާރު ކުރިއަށްދަނީ ޓޫރިޒަމް މިނިސްޓްރީ އާއި އިންވެސްޓަރާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތައް ކަމަށެވެ. އެއީ މަޝްރޫގެ ނެގޯޝިއޭޝަންތަކާއި އެކަން ކުރާނެ ރަށެއް ކަނޑައެޅުމަށް ކުރާ މަޝްވަރާތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ ކުރިން ހޯޕް އައިލެންޑް ގާއިމު ކުރުމަށް މަޝްވަރާ ކުރެވުނީ އުތުރުތިލަފަޅުގަ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްވަރާތައް މިމަހުގެ ނިޔަލަށް ނިމި މަސައްކަތުގެ އަމަލީ މަސައްކަތް ޖެނުއަރީ މަހު ފެށޭނެ ކަމުގެ އުއްމީދު އެބަ އޮތްކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ހަރަދު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސަރުކާރުން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހޯޕް އައިލެންޑްގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ އެވެ. އަދި އެތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރު ފުރުމުން، ފުލުހުންގެ ނުވަތަ ސިފައިންގެ ޚިދުމަތަށް ވެއްދުމާއެކު، ވަކި މުއްދަތަކަށްފަހު އެކުދިން ޝައުގުވެރިވާ ދާއިރާތަކަށް ނިކުތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ އަލީ އިހުސާން ކުރިން ވިދާޅުވެފައިވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ާހޯޕް އައިލެންޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ