ކުށުގެ ވެށީގައި އުޅޭ 380 އަށްވުރެ ގިނަ ކުދިންނަށް ޕްރޮގްރާމްތައް ހިންގަމުންދޭ: މިނިސްޓަރު އިހުސާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުށުގެ ވެށީގައި މިހާރު އުޅެމުންދާ އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެ 382 ކުދިންނަށް އިންޓަވޭޝަން ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯމް ޓީމްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުން ހިންގަމުންދާ އިންޓަވޭޝަން ޕްރޮގްރާމްތައް ކުށުގެ ވެށީގައި މިހާރު އުޅެމުންދާ 220 ކުދިންނަށް އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެ 162 ކުދިންނަށް ހިންގަމުންދާ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ކުށް ކުރާ ކުދިންގެ އިސްލާހު ކުރުމަށް ގާއިމުކުރާ ހޯޕް އައިލެންޑްގެ މަޝްރޫއަަށް އިންވެސްޓަރަކު ހަމަޖެހިފައިވާ ކަމަށެވެ. އަދި ހޯޕް އައިލެންޑްގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ ކުޑަކުދިންގެ ކަންކަން ވަރަށް ކަންބޮޑުވާ ހިސާބަކަށް ގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ.

ކުށްކުރާ ގްރޫޕުތައް ހަރަކާތްތެރިވާ ހިސާބުތަކުން ކުޑަކުދިން ފެންނަވަރު އިތުރުވެފައިވާކަމަށް ސީޕީ ނަވީން ވިދާޅުވި އެވެ. އެގޮތުން އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ މިދިޔަ އަހަރު އޯލެވެލް ހެދި ކުދިން އަދި ކިރިޔާ އަށާރަ އަހަރުވެފައި ތިބޭ ކުދިން ނޫނީ ސަތާރަ އަހަރުގެ ކުދިންވެސް މިފަދަ ހިސާބުތަކުން ފެންނަމުންދާ ކަމަށް ސީޕީ ނަވީން ވިދާޅުވި އެވެ.

އެހެންކަމުން ސީޕީ ނަވީން ވަނީ ކުޑަކުދިން އުޅޭ ނޫޅޭ ތަންތަން ބެލުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ