4،000 ފްލެޓްގެ ކުއްޔާއި އެޑްވާންސް ކުޑަކޮށްދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ފޭސް 2 ގައި އަޅަމުންދާ 4،000 ފްލެޓްގެ ކުއްޔާއި އެޑްވާންސަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ކުޑަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.

އެފްޑީސީން އިމާރާތްކޮށް ނިންމަމުންދާ 4،000 ފްލެޓްތަކަށް މިހާރު މީހުން ވަންނަން ފަށާފައިވާއިރު ފޭސް 2 ގައި ތަރައްގީ ކުރި ހިޔާ ފްލެޓްތަކަށް ވުރެ މި ފްލެޓްތަކުގެ އަގު ބޮޑުކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން ކުރެ އެވެ. މިރޭގެ ބައްދަލުވުމުގައިވެސް ބައެއް ފަރާތްތަކުން ވަނީ އެފްޑީސީ ފްލެޓްތަކުގެ ކުއްޔާއި އެޑްވާންސް ކުޑަކޮށްދިނުމަށް ރައީސްގެ އަރިހުން އެދިފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،500 އިން 10،000 ރުފިޔާއަށް ކުޑަކޮށް 2 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން 3 ކޮޓަރީގެ ފްލެޓްގެ އެޑްވާންސަށް މިހާރު ދައްކަން ޖެހޭ 25،000 ރުފިޔާ ވަނީ ބޮޑު ތަނުން ކުޑަކޮށްފަ އެވެ. އެގޮތުން މިހާރު 3 ކޮޓަރީގެ ފްލެޓްގެ އެޑްވާންސަށް ދައްކަން ޖެހޭނީ 8،000 ރުފިޔާ ކަމަށާއި 2 ކޮޓަރީގެ ފްލެޓްގެ އެޑްވާންސަށް ދައްކަން ޖެހޭނީ އެއް މަހުގެ ކުއްޔަށް ވާވަރުކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަހި ދިރިއުޅުން ކޯޕަރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ