ގްރޫޕްތައް ހަރަކާތްތެރިވާ ތަންތަނުގައި ކުޑަކުދިން ފެންނަ މިންވަރު އިތުރުވާތީ ކަންބޮޑުވުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުށްކުރާ ގްރޫޕްތައް ހަރަކާތްތެރިވާ ތަންތަނުގައި ކުޑަކުދިން ފެންނަ މިންވަރު އިތުރުވާތީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

ހޯމް މިނިސްޓްރީގެ ފަރާތުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ފުލުހުން މަގުމަތި  ޕެޓްރޯލް ކުރަމުންދާއިރު ކުޑަކުދިންގެ ކަންކަން ކަންބޮޑުވާ ހިސާބެއްގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކުށްކުރާ ގްރޫޕުތައް ހަރަކާތްތެރިވާ ހިސާބުތަކުން ކުޑަކުދިން ފެންނަވަރު އިތުރުވެފައިވާކަމަށާއި އަދި މީގެން ގިނަ ކުދިންނަކީ ކިރިޔާ 18 އަހަރު ވެފައިވާ ނުވަތަ 18 އަހަރުން ދަށުގެ ކުދިންކަން ސީޕީ ނަވީން ފާހަގަކުރެއްވި އެވެ.

”އެންމެ ފަހުން އޯލެވެލް ހެދި ނޫނީ މިދިޔަ އަހަރު އޯލެވެލް ހެދި ކުދިން، ކިރިޔާ އަށާރަ އަހަރުވެފައި ތިބޭ ނޫނީ ސަތާރަ އަހަރުގެ ކުދިން، މިހާރު މި ފެންނަނީ. އަޅުގަނޑުމެން ހޮޓްސްޕޮޓްސް އޭ މިކިޔާ، ގްރޫޕުތައް އެއްވެފައި އޮންނަ ތަންތަނުން މި ފެންނަނީ ސަތާރަ އަހަރުގެ ކުދިން، ކަންބޮޑުވާ ދަރަޖައަކަށް އަޅުގަނޑުމެނަށް އެބަ ފެނޭ.“ ސީޕީ ނަވީން ވިދާޅުވި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން / ފޮޓޯ: ރައީސް އޮފީސް

މިގޮތަށް ފެންނަ ކުދިން ފޮނުވާލަނީ ނަސޭހަތް ދިނުމަށްފަހުކަން ފާހަގަކުރައްވާ ސީޕީ ނަވީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ ކުދިން ކުށުގެ ތެރެއަށް ވަނުމުގެ ބިރުބޮޑު ކަމަށެވެ. އެހެންކަމުން ކުދިން އުޅޭ ނޫޅޭ ތަންތަން ބެލުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުށް ކުރާ ކުދިން އިސްލާހު ކުރުމަށް ގާއިމުކުރާ ހޯޕް އައިލެންޑްގެ މަޝްރޫއަަށް އިންވެސްޓަރަކު ހަމަޖެހިފައިވާ ކަމަށެވެ. އަދި ހޯޕް އައިލެންޑްގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާ މައްސަލައަކީ މިހާރު ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން އެކި ގްރޫޕްތަކުން ހިންގާ ކުށްތަކާއި މަސްތުވާތަކެތީގެ ކުށްތަކުގައިވެސް ކުޑަކުދިން ބޭނުންކުރާކަމަށް މީގެކުރިން ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ. އަދި މިކަންކަމަށް ހައްލު ހޯދުމަށް ޤާނޫނުތަކަށް މިފަހުންވެސް އިސްލާހު ގެނެސްފައިވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ