ރައީސްގެ އަމުރަށް، މާލޭ މަގުމަތިން ރޭ އެކަނިވެސް 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރޭގަނޑު ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެ ފިޔަވަޅެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވި އެންގެވުމާ ގުޅިގެން، ފުލުހުން ފެށި މަސައްކަތުން މާލޭ މަގުމަތިން ރޭ އެކަނި ވެސް 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މި އޮޕަރޭޝަން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ހިންގަމުންދާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުންގެ ޚިދުމަތުން ދިން މައުލޫމާތުގައިވާ ގޮތުން، ރޭ ސުވާލު ކުރެވުނު 23 ބިދޭސީންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފަށާފަ އެވެ.

މީގެ އިތުރުން، އެއްވެސް ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ވެސް ހުއްޓުވައި މަޢުލޫމާތު ސާފުކުރަމުން ގެންދާކަމަށް ފުލުހުން ބުނެ އެވެ. ޚާއްސަކޮށް މާލެއާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ އުޅޭ ބިދޭސީންގެ ޙާލަތު ބަލައި، އެފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ޤަވައިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ އެވެ.

ރައީސް މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާ ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ފުލުހުންނާ ކަމާ ގުޅުން ހުރި ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މިއީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅޭ ފަރާތްތައް ދެނެގަނެ، އެކަންކަން ހުއްޓުވުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންތައްތައް ކުރަމުންދެ އެވެ. ރައީސްގެ އަމުރުގައިވާ ގޮތުން، ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށްފަހު، ފާހަގަވާ ކަންކަމާ ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އަންގަވާފަ އެވެ.

މި މަސައްކަތަކީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ވެގެންދާ ކަމެކެވެ. މިހާރުވެސް ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓާސްކްފޯސްއެއް އެކުލަވާލާފައިވާއިރު، އެ ޓާސްކްފޯސްގައި ފުލުހުންނާއި އިމިގްރޭޝަން، ހެލްތް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ ހިމެނެ އެވެ. މި ޓާސްކްފޯސްއިން އަންނަނީ ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ބިދޭސީން ދިރިއުޅޭ ތަންތަނާއި މަސައްކަތް ކުރާ ތަންތަން ބަލާ ފާސްކުރަމުންނެވެ. އަދި ބިދޭސީން ހިންގާކަމަށް ބެލެވޭ ވިޔަފާރިތައް ވެސް ބަންދުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިދޭސީން ބިދޭސީންގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ