ރާއްޖޭގައި ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 985،083 ގަސް އިންދައިފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ހާމަކޮށްފި އެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ޑިސެންބަރު 1 ވަނަ ދުވަހު ބޭއްވުނު ކޮޕް-28 ސަމިޓުގައި ދެއްވި ތަގުރީރުގައި އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ ޖޫން 5، 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު އެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރު ކުރުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ބުނެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީއިން ބުނި ގޮތުގައި، މިހާތަނަށް ޖުމްލަ 985،083 ގަސް ވަނީ އިންދައިފަ އެވެ.
މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެ އެވެ. އަދި މި މަޝްރޫޢުގެ ދަށުން އިންދާ ގަސްތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކާބަން ނިއުޓްރަލް ޤައުމަކަށް ވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަސް މިލިއަން ގަސް އިންދުން



