މި އަހަރު ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %12.6 އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއަހަރުގެ ނޮވެންބަރުމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން ރާއްޖެއަށް 253،092 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުތެރޭ އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 224،699 ފަތުރުވެރިންނާއަޅާ ބަލާއިރު %12.6 އިތުރު އަދަދެކެވެ.

ރަޝިޔާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ވަނީ 311،816 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެގޮތުން ނޮވެންބަރުމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 2،014،358 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 6،463 ފަތުރުވެރިންއާދެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ