ނޮވެންބަރ މަހު ރާއްޖެއަށް 195،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި

Advertisement

އެންމެ ފަސް

Advertisement

ނޮވެންބަރ މަހު ރާއްޖެއަށް 195،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ ނޮވެންބަރ މަހު ރާއްޖެއަށް 195،127 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެންބަރ މަހާއި އަޅާބަލާއިރު %12 އިތުރު އަދަދެކެވެ. އަދި މިއީ މިއަހަރުގެ އޮކްޓޫބަރުމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 190,445 ފަތުރުވެރިންނާއަޅާ ބަލާއިރު %2.4 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެންބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 2،022،061 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ނޮވެންބަރ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،837،635 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިންއައި ގައުމުތަށް:

  • ޗައިނާ – 312،478 ފަތުރުވެރިން
  • ރަޝިއާ – 253،834 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 181،300 ފަތުރުވެރިން
  • ޖަރުމަނުވިލާތް – 152،739 ފަތުރުވެރިން
  • އިޓަލީވިލާތް – 132،004 ފަތުރުވެރިން

ތަފާސްހިސާބުތަކުން ދައްކާގޮތުން، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ