އިޒްރޭލުން ހަމާސްގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން ޣައްޒާގައި ދިން ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރެއް ކަމަށްވާ ރާއިދު ސާދު ޝަހީދުކޮށްލައިފި އެވެ.

ހަމާސްއިން މިއަދު ވަނީ އިޒްރޭލުން ހަމާސްގެ އިސް ކޮމާންޑަރު ރާއިދު ސާދު ޝަހީދުކޮށްލާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި ރާއިދު ސާދު އަކީ ހަމާސްއިން 7 އޮކްޓޫބަރު 2023 ގައި އިޒްރޭލަށްދިން ވަރުގަދަ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ.

ހަމާސްގެ އިސް ކޮމާންޑަރެއް ކަމަށްވާ ރާއިދު ސާދު ޝަހީދުކޮށްލުމަށް އިޒްރޭލުން އިއްޔެ ދިން ހަމަލާގައި 25 މީހަކަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މި ހަމަލާ ކުށްވެރިކޮށް ހަމާސްއިން ބުނެފައިވަނީ މިއީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ހިންގި ޖަރީމާއެއް ކަމަށެވެ. އަދި އިޒްރޭލުން ތަކުރާރުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާއިރު އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އިޒްރޭލަށް އިތުރަށް ބާރުއެޅުމަށްވެސް ހަމާސްއިން ގޮވާލާފައިވެ އެވެ.

އޮކްޓޫބަރު 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިފަހުންވެސް އިޒްރޭލުން ޣައްޒާއަށް 800 އަށްވުރެ ގިނަ ހަމަލާ ދީފައިވެ އެވެ. މި ހަމަލާތަކުގައި 386 މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ޣައްޒާއަށް ހަމަލާދެމުން ދަނިކޮށް އެއްބަސްވުމުގައި ހުރި ކަންކަމައިގެން ކުރިއަށް ނުދެވޭނެ ކަމަށް ހަމާސްއިން މިފަހުންވެސް ވަނީ ބުނެފަ އެވެ.

ހަމާސް އިޒްރޭލް-ފަލަސްތީން ގައްޒާ ހަނގުރާމަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ