މާލެ ސަރަހައްދުގެ ވައި ނުރައްކާވާ މިންވަރަށް ނުސާފުވެއްޖެ؛ ޑަބްލިއުއެޗްއޯގެ މިންގަނޑަށްވުރެ 8.3 ގުނަ މަތި

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގެ ވައިގެ ފެންވަރު ނުރައްކާވާ މިންވަރަށް މިއަދު ނުސާފުވެފައިވާ ކަމަށް ވައިގެ ފެންވަރު ބަލާ ބައިނަލްއަގްވާމީ މިންގަނޑުތަކުން ދައްކައިފި އެވެ.

މިހާރު ވައިގައި ހިމެނޭ ޕާޓިކިއުލޭޓް މެޓާ (ހިރަފުސް ކުނޑި) ގެ މިންވަރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 8.3 ގުނަ މައްޗަށް ގޮސްފަ އެވެ.

”އައިކިއު އެއާ“ ގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ ”ފައިން ޕާޓިކިއުލޭޓް މެޓާ“ (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41.3 މައިކްރޯ ގްރާމްގަ އެވެ. ޕީއެމް2.5 އަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށާއި ލޭގެ ތެރެއަށް އެތެރެވާހާ ހިމުން ކުނޑި އެވެ.

މީގެ އިތުރުން، ޔޫއެސް އެއާ ކޮލިޓީ އިންޑެކްސް (ޔޫއެސް އޭކިޔުއައި) މިހާރު ހުރީ 104 ގައި ކަމުން، މިއީ ނުރައްކަލުގެ އޮރެންޖު ސަމާލު ލެވެލް އެވެ. އެ މިންވަރަށް ވައި ނުސާފުވުމުން، ނާޒުކު ހާލަތުގައިވާ މީހުންނަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ރާއްޖެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރި ގޮތް

ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ ”ހޭޒް“ ގެ ސަބަބުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށުމާއެކު، ދެކުނު އޭޝިއާގެ ޤައުމުތަކުން އިންޑަސްޓްރިއަލް ޕޮލިއުޓެންޓްތައް ހިމެނޭ ދުމާއި ވިލާގަނޑު ރާއްޖެ ސަރަހައްދަށް އަންނަނާތީވެ އެވެ. ވަކިން ހާއްސަކޮށް އިންޑިއާގެ ނުސާފު ވައިގެ އަސަރު، އިރުވައި މޫސުން ފެށުމާއެކު ރާއްޖެ އަށް ކުރާލެއް ބޮޑުވެ އެވެ.

ލަފާ ކުރެވޭ ގޮތުގައި މިއަދު މެންދުރު ފަހު ވާރޭ ވެހުމާއެކު ޖައްވު ސާފުވެ، ވައިގެ ފެންވަރު ރަނގަޅުވާނެ އެވެ. ނަމަވެސް، ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ މިހާރަށްވުރެ ކުޑަ ތަންކޮޅެއް ރަނގަޅުވުމަށް ފަހު، އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހިސާބަށް ދާއިރު މިހާރަށް ވުރެ ވެސް ވައިގެ ފެންވަރު ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ.

ވައިގެ ކޮލިޓީ މެދުމިން (51-100) ނުވަތަ ނުރަނގަޅު މިންވަރަށް ދާނަމަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސެންސިޓިވް ގްރޫޕްތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިރުޝާދު ދީފަ އެވެ. ސެންސިޓިވް ގްރޫޕްތަކުގައި ހިމެނެނީ ކުޑަކުދިން، މުސްކުޅިން، އަދި ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކެވެ. އެގޮތުން، ގިނައިރު ބޭރުގައި ހަރަކާތްތެރިވުން މަދުކޮށް، ދޮރުތަކާއި ކުޑަދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ