ހޮނިހިރު ދުވަހު ލިވަޕޫލް އާއި ބްރައިޓަން ބައްދަލުކުރާ މެޗުގައި ވާދަކުރާ ލިވަޕޫލްގެ ސްކޮޑުގައި މުހައްމަދު ސަލާހު ހިމަނައިފި އެވެ.
ސަލާހު އާއި ލިވަޕޫލްގެ ކޯޗު، އާނާ ސްލޮޓާ ދެމެދު މައްސަލަތަކެއް ޖެހިފައިވާއިރު، މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައި ސަލާހު ބައިވެރިކޮށްފައެއް ނުވެ އެވެ.
ބްރައިޓަން އާ ދެކޮޅަށް ކުޅޭ މެޗުގައި ލިވަޕޫލްގެ ސްކޮޑަށް ސަލާހު ނަގަން ނިންމީ ހުކުރު ދުވަހު ސްލޮޓާއި ސަލާހުއާ ދެމެދު ކުރެވުނު މަޝްވަރަތަކަށްފަހު އެވެ. މިވަގުތު ލިވަޕޫލްގެ ސްކޮޑަށް ބަލާއިރު، ގިނަ ކުޅުންތެރިންތަކެއް ތިބީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.
މިދިޔަ ހަފުތާގައި ލީޑްސް ޔުނައިޓެޑު އަތުން 3-3 ގެ ނަތީޖާއަކުން ލިވަޕޫލް އެއްވަރުވިއިރު، އެ މެޗު ހިމެނޭހެން އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް ސަލާހު އިނީ ބެންޗުގަ އެވެ.
ސްލޮޓާއި ސަލާހާ ދެމެދު މައްސަލަ ޖެހުނު ހިސާބުން، ސައުދީ ޕްރޯ ލީގުގެ ބައެއް ކްލަބުތަކުންވެސް ދަނީ ސަލާހު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.


