ރ. ދުވާފަރު ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގައި ސޮއި ކުރައްވާފައިވަނީ، މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފައިވެ އެވެ.
ދުވާފަރު ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދެވެ.
ރައީސް މުއިއްޒު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެ ރަށުގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވާ އަދި އެއްބަސްވުންތަކުގައި ސޮއިކުރައްވާފަ އެވެ. އެގޮތުން ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވާފައިވެ އެވެ. އަދި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކުރައްވާފަ އެވެ. މީގެއިތުރުން ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ހެދުމުގެ މަސައްކަތް އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ.
ރ. ދުވާފަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު


