ދުވާފަރު ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރ. ދުވާފަރު ބަނދަރުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ ރަށުގެ ބަނދަރުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ބިނާރާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން 62،264 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ފަޅު އަދި ނެރު ފުންކޮށް 343 މީޓަރުގެ ތޮށި ބޭރުތެރެއަށް ޖެހުން ހިމެނެ އެވެ. އަދި 285 މީޓަރުގެ ތޮއްޓެއް އެތެރެވަރިއަށް ޖަހައި 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮއްޓެއްލުމުގެ އިތުރުން 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބުރިޖެއް ހަދައި 154 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއުގެ އިތުރުން އެ ރަށުގައި މުހިންމު މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށާފައިވެ އެވެ. އެ ގޮތުން އިރުން ހަކަތަ އުފެއްދުމުގެ މަޝްރޫއު، ދުވާފަރު ވޮލީ ކޯޓު އަދި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާފައިވެ އެވެ.

މިއަދު ވަނީ ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމް ކުރުމަށް އެމްއޭސީއެލް އާއި ހަވާލުކޮށްފައިވާއިރު 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް އެޗްޑީސީ އާއި ހަވާލުކޮށްފައިވެ އެވެ. އަދި ބިން ހިއްކައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާއި ހަވާލު ކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތް ހުޅުވައި އާރުޓީއެލް ބަހުގެ ހިދުމަތް ވެސް ފަށާފައިވެ އެވެ.

ރ. ދުވާފަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ