ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރަން އެމްއޭސީއެލްއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރ. ދުވާފަރުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ، މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، ސްޕޯޓްސް މިނިޝަޓަރު އަބްދުﷲ ރާފިއު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދެވެ.

މި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކުރާނީ އެކިކަހަލަ ކުޅިވަރުތައް ކުޅެވޭނެ ޖާގަ އޮންނަ ގޮތަށެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ވަނީ ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް އެޗްޑީސީއާވެސް ހަވާލުކުރައްވާފަ އެވެ. އަދި އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވާފައިވެ އެވެ. މީގެއިތުރުން ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކުރައްވާފަ އެވެ.

ރ. ދުވާފަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ