ލޯކާގެ 100 އަހަރު ފާހަގަކުރުމަށް ޚާއްޞަ އާއިލީ ހަވީރެއް ހުޅުމާލޭގައި ބާއްވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗޮކްލެޓްގެ މަޝްހޫރު އިޓަލީގެ ބްރޭންޑް ކަމަށްވާ ލޯކާ އަށް ގަރުނެއް ފުރުން ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހުޅުމާލޭގައި އާއިލީ ހަވީރެއް ބާއްވަން ނިންމާފައިވާ ކަމަށް، އެ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކަމަށްވާ ޔޫރޯ މާކެޓިން އިން ބުނެފި އެވެ.

ލޯކާ އަކީ ދުނިޔޭގެ މަޝްހޫރު ޗޮކްލެޓް އުފެއްދުންތައް އުފައްދާ ބްރޭންޑެކެވެ.

ލޯކާ ބްރޭންޑްގެ 100 އަހަރު ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި އާއިލީ ހަވީރު ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ ޔޫތް ޕާކް (ރެޑްބުލް ސްކޭޓް ޕާކް) ސަރަހައްދުގަ އެވެ. ޔޫރޯ މާކެޓިން އިން ބުނި ގޮތުގައި މާދަމާ ހަވީރު 16:00 އިން ފެށިގެން 18:00 އާ ހަމައަށް މި ހަރަކާތް ކުރިއަށް ދާނެ އެވެ.

މި ހަވީރަކީ އާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަޤްސަދުގައި ރާވާފައިވާ ހަރަކާތެކެވެ. މި ހަވީރަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލޯކާގެ މަސްކޮޓްސް އާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އަދި ހަދިޔާ ވެސް ލިބޭނެކަމަށް ޔޫރޯ މާކެޓިން އިން ބުންޏެވެ. މުޅި އިވެންޓް ރާވާފައިވަނީ ލޯކާގެ ތާރީޚާއި ދިވެހި މުޖުތަމަޢާ ގުޅުވައިގެން، ވަރަށް ފޯރިގަދަ އަދި އުފާވެރި މާހައުލެއް ބިނާކުރުމަށެވެ.

ލޯކާ ބްރޭންޑްގެ ގަރުނުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި އަހަރު ތެރޭގައި އެހެނިހެން ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ހިލޭ ރަހަ ބެލުމުގެ ހަރަކާތްތަކާއި، އާ މިއުރަލްއެއް ހުޅުވުން ހިމެނެ އެވެ. މީގެ އިތުރުން، ދިވެހިންނަށް ހާއްސަ ލޯކާގެ އުފެއްދުންތަކެއް ތާރަފްކުރުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ހުޅުމާލެ ޔޫރޯ މާކެޓިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ