ހުޅުމާލޭގެ އިމާރާތްތަކުގެ ވަށައިގެން ހުންނަ ހުސްޖާގަ ބޭނުންކުރާނެ ގޮތުގެ އުސޫލަށް އާއްމުންގެ ހިޔާލު ހޯދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ހުންނަ އެއްމެދު އިމާރާތްތަކުގެ (މަލްޓި ޔޫނިޓް ބިލްޑިންގްސް) ވަށައިގެން އޮންނަ ހުސްޖާގަ ފަރުމާކޮށް ބޭނުންކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

އެޗްޑީސީގެ ސީނިއަރ ލޭންޑްސްކޭޕް އާކިޓެކްޓް ފާތިމަތު އުޝްވާ ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކުރެވިފައިވާ އެއް މަދު އިމާރަތްތަކުގެ ވަށައިގެންވާ ހުސް ޖާގަ ބޭނުންކުރެވޭނެގޮތުގެ އުސޫލެއް މިހާރު ވަނީ އެޗްޑީސީން އެކުލަވާލާފަ ކަމަށެވެ. އަދި އެ އުސޫލަށް އާންމުންގެ ޚިޔާލަށް ހުޅުވާލެވިފައި ކަމަށް އުޝްވާ ވިދާޅުވި އެވެ.

އުޝްވާ ވިދާޅުވި ގޮތުގައި މި އުސޫލު އެކުލަވާލުމުގެ މަޤްޞަދަކީ އަވައްޓެރިންނާއި ހިނގާ މީހުންނަށް ރައްކާތެރި އަދި ތިމާވެށްޓާ ރައްޓެހި މާޙައުލެއް ޤާއިމުކުރުމެވެ.

އުޝްވާ އިތުރަށް ވިދާޅުވީ، އެޗްޑީސީން ކުރި ސަރވޭތަކުން ދައްކާ ގޮތުގައި މިފަދަ ހުސް ޖާގަތަކުގައި ނުރަސްމީކޮށް ފެންސްޖެހުމާއި، ބިންމަތީގައި ބޯބިޔަ ގަސް ހެއްދުމުގެ އިތުރުން، އެއްގަމު އުޅަނދު ޕާކުކުރުން ފަދަ ކަންކަން ކުރިއަށްދާ ކަމަށެވެ.

”މި ކަންކަމުގެ ސަބަބުން ޢާއްމުންނަށް ދަތިވެ، ހުސް ޖާގަތަކުގައި ފެން ހިންދާ ނިޒާމަށް ހުރަސްއެޅިގެންދޭ،“ އުޝްވާ ވިދާޅުވި އެވެ.

އެޗްޑީސީން އާންމުކުރި އުސޫލުގައި އެ ބިންތަކުގައި ކޮށްގެންނުވާނެކަންތައް ވަނީ ހިމަނާފަ އެވެ. އެގޮތުން

  • އަލިފާން ނުވަތަ ދުން ބޭނުންކުރުމާއި، އެއްޗެހި ގުދަން ކުރުން.

  • އަމިއްލަ ބޭނުމަށް ނުވަތަ މާލީ މަންފާއެއް ހޯދުމަށް ހުސްޖާގަ ބޭނުންކުރުން.

  • ހުއްދަ ނެތި ގަސް އިންދުން ނުވަތަ ނުރައްކާވާ ޒާތުގެ ގަސް އިންދުން.

  • ފެން އިސްކޫރާއި، އިށީނުމަށް ބޭނުންކުރާ ތަކެއްޗާއި، އަށިފާރު ހިފޭނެ ތަކެތި ބެހެއްޓުމާއި، ހުއްދަ ނެތި ބިން ބަންދުކޮށް ނުވަތަ ހިޔާކުރުން.

  • އެއްގަމުގައި ދުއްވާ އުޅަނދު ޕާކުކުރުމާއި، ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދު އަޑުގަދަ ކަންކަން ކުރުން.

  • ކުނި ޖަމާކުރުން، ވަދެ ނިކުތުމަށް ދަތިކުރުން، ފެންސް ނުވަތަ ބިލްބޯޑު ފަދަ ތަކެތި ޖެހުން، އަދި ކޯޕަރޭޝަންގެ ގަސްތައް ނައްތާލުން.

އުސޫލު އެކުލަވާލުމުގައި ޢާއްމުންގެ ޚިޔާލު ވަރަށް މުހިންމު ކަމަށް ފާހަގަކުރައްވައި، ލިންކް މެދުވެރިކޮށް ހިޔާލު ހުށަހެޅުމަށް އެޗްޑީީސީން ވަނީ އެދިފަ އެވެ. އެޗްޑީސީން ބުނެފައިވަނީ ހުޅުމާލެއަކީ ދިރިއުޅުމަށް އެންމެ ފަހި، ތަރައްޤީވެފައިވާ އަދި ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށްޓަކައި މިފަދަ ގަވާއިދުތައް އެކުލަވާލައި ތަންފީޒުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ