ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި، ފްލެޓް އަދި ރޯ ހައުސްތަކުގައި ދެ ޓަނަށް ވުރެ ބޮޑެތި އުޅަނދުފަހަރު ރަޖިސްޓްރީ ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، މި ބަދަލު ގެނެސްފައިވަނީ ހުޅުމާލެ، ތިލަފުށި، އަދި ގުޅީފަޅުގައި އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުން ކުރުމުގެ އުސޫލަށެވެ.
ކުރިން އަމަލުކުރަމުން އައި ގަވާއިދުގައިވާ ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި، ފްލެޓް ނުވަތަ ރޯ ހައުސް ތަކަށް ދެ ޓަނަށްވުރެ ބޮޑެތި ލޮރީ ފަދަ އުޅަނދެއް ގެނައުމަކީ މަނާ ކަމެކެވެ. މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން، މިފަދަ އުޅަނދުތައް ރަޖިސްޓްރީކޮށް ބޭނުންކުރުމުގެ ހުއްދަ ލިބޭނެ އެވެ.
ނަމަވެސް، މިފަދަ ބޮޑެތި އުޅަނދުތަކަށް ހުއްދަ ދެވޭނީ، އެ އުޅަނދު ބާއްވާނެ ޖާގަ ގޯތި، ފްލެޓް ނުވަތަ ރޯ ހައުސްގެ ގަރާޖުގައި ހުރި ކަމަށް ވާނަމަ އެވެ.
އެޗްޑީސީ ބުނ އުސޫލަށް އިސްލާހު ގެނެސް، އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކަމަށާއި، މި ބަދަލާއެކު ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.



