މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގެ އެންމެ ކާރުބާރޫ ބޮޑު ސަރަޙައްދު ކަމަށްވާ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް ތާރު އަޅާ، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫޢަކީ ބޮޑުތަކުރުފާނު މަގުގެ ބައެއް ސެގްމެންޓްތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ބޮޑު މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144.5 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު މަސައްކަތް ފަށާފައި މިވަނީ ބާޒާރު މަތީ ސަރަހައްދު (ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބު) ތަރައްގީ ކުރުމަށެވެ. މިއީ މަސްމާރުކޭޓާއި، ލޯކަލް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓް ހުންނަ ސަރަޙައްދުގެ އިތުރުން އަތޮޅުތަކަށް މުދާ ގެންދާ ބޯޓުފަހަރު ކައިރިކޮށް މުދާ ބާލާ އަރުވާ މައި ސަރަޙައްދު ކަމުން، މާލޭގެ އެންމެ ތޮއްޖެހުން ބޮޑު ސަރަޙައްދުގެ ގޮތުގައި މި ސަރަޙައްދު ފާހަގަވެގެންދެ އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން މިއަދު ފަށާފައިވާ ޢަމަލީ މަސައްކަތަކީ ޔުޓިލިޓީ ވިއުގަތަކާ ގުޅޭ މަސައްކަތެކެވެ. މި މަސައްކަތުގައި އެމްޓީސީސީގެ އިތުރުން އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯގެ ޓީމުތައްވެސް ހަރަކާތްތެރިވާނެ އެވެ. މި މަސައްކަތްތައް ނިމުމުން، މަގުތަކުގެ އަސާސީ ޚިދުމަތްތަކުގެ ނިޒާމުތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރެވިގެންދާނެ އެވެ.

މަގު ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ދަށުން ތާރުއަޅާ މަގު ތަރައްޤީކުރުމުގެ އިތުރުން، ބަނދަރުގެ އެއްގަމު ތޮށި (ކުއޭ ވޯލް) އަދި ޕޭމަންޓްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހި ފައެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމެންޓް އެކެއްގެ މަސައްކަތްތައް ވަނީ މީގެ ކުރިން ނިންމާލާފަ އެވެ. ފުރަތަމަ ސެގްމެންޓްގެ ދަށުން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ޝަހީދު ހުސައިން އާދަމް ބިލްޑިން އާ ހަމައަށް މަގު ތަރައްގީކޮށް ނިންމައި އާންމުންނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫޢު ނިމުމުން، މާލޭގެ އެންމެ ބާރުބޮޑު ސަރަޙައްދުގެ ދަތުރުފަތުރުގެ ފަސޭހަކަން އިތުރުވެ، ރައްކާތެރިކަން ބޮޑުވާނެ ކަމަށް ބެލެވެއެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ