އެމްޓީސީސީ ”ކަށަވަރު ޕްރޮމޯ 2025“ އިފްތިތާހުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމްޓީސީސީގެ ”ކަށަވަރު ޕްރޮމޯ 2025“ މިއަދު އިފްތިތާހްކޮށްފި އެވެ.

ކަށަވަރު ޕްރޮމޯ އިފްތިތާހްކޮށްފައި ވަނީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ޕްރޮމޯ ފައްޓަވައިދެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސާ ސިނާން އަލީ އެވެ. އަދި މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީސީން ބުނީ، އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓްތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި، ޕީޕީޖީ، ކާސްޓްރޯލް، އިންޑަސްޓްރިއަލް ގޭސް، ސްޕެއާ ޕާޓްސް، މެރޯލް ސްޓީއަރިން ސިސްޓަމް އަދި ނަކަޝީމާ ޕްރޮފެލާ އެވެ. އެ ޕްރޮމޯގެ މުއްދަތުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 ގެ އިންޖީނެއް ލިބިވަޑައިގަންނަވާނެ އެވެ. އަދި މި އިންޖީނާއެކު، ހަދިޔާ ޕެކޭޖެއްވެސް ލިބިވަޑައިގަންނަވާނެ އެވެ.

ކަށަވަރު ޕްރޮމޯ އަމާޒުކޮށްފައި ވަނީ އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނިއަރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ.

މި ޕްރޮމޯޝަން މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، ގއ. ގދ އަދި ށ. އަތޮޅަށް ޒިޔާރަތް ކުރުމާއި ކ. އަތޮޅުގެ ބަނދަރު ތަކާއި ބޯޓްޔާޑްތަކުގައި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުން ހިމެނޭ ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެ އެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ