ރ. މާކުރާތު ފުލުހުންގެ މަރުކަޒު ހުޅުވަައިފި އެވެ.
އެ ރަށުގެ ޕޮލިސް ސްޓޭޝަން ހުޅުވާލައިފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.
މާކުރަތު ޕޮލިސް ސްޓޭޝަން ގާއިމް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. މި މަޝްރޫއުގެ ދަށުން އެ ކުންފުނިން އެއް ފަންގިފިލާގެ އިމާރާތެއްގައި ބިންގަނޑު އެއްވަރުކުރުމާއި ކޮންކްރީޓް މަސައްކަތްތަކާއި މޭސަނަރީ އަދި ޕްލާސްޓަރިން މަސައްކަތްތައް ކޮއްފައިވެ އެވެ. އަދި ލަކުޑީގެ މަސައްކަތްތަކާއި ދަގަނޑުގެ މަސައްކަތްތަކާއި ދޮރާއި ކުޑަ ދޮރުގެ މަސައްކަތްތައް ވެސް ކޮށްފައިވެ އެވެ.
އެމްޓީސީސީ އިން ބުނީ ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުން އެ ރަށުގައި ކުށް މަދުކުރެވި ރަށުގެ އިޖުތިމާއީ ތަރައްގީއަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.


