ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގައި ސޮއި ކުރައްވާފައިވަނީ، މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި މަޝްރޫއުގެ ދަށުން ދުވާފަރުގައި އެޗްޑީސީން 50 ހައުސިން ޔުނިޓް ގާއިމުކުރާނެ އެވެ.
ރައީސް މުއިއްޒު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވާފަ އެވެ. އަދި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކުރައްވާފަ އެވެ. މީގެއިތުރުން ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ހެދުމުގެ މަސައްކަތް އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރ. ދުވާފަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު


