ރަސްމީ ފާލަން ސަރަހައްދުގެ މަގު ނިންމައި، އާންމުންނަށް ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގައި ތާރު އެޅި ސަރަހައްދު، ދަތުރުފަތުރުކުރާ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ސެގްމަންޓް މުޅިން ނިމިފައިވާ ކަމަށާއި، މިއީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ. މި ފިޔަވަހި ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ސެގްމަންޓް 1 ގައި ހިމެނެނީ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށްވާ 130 މީޓަރުގެ ސަރަޙައްދެވެ. މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރުމަށްޓަކައި އެ ސަރަޙައްދުގެ އެއްގަމު ތޮށި ވަނީ 6 މީޓަރު ބޭރަށް ޖައްސައިގެން ފުޅާކުރެވިފަ އެވެ. އަދި މުޅި ފުރަތަމަ ފިޔަވަހީގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްޤީކުރެވޭނެ އެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ސަބަބުން މާލެ ސިޓީގައި ދަތުރުފަތުރުގެ ލުއިފަސޭހަ ބޮޑުވެގެންދާނެ ކަމަށެވެ. މަގުތައް ފުޅާކުރުމުގެ ސަބަބުން ޓްރެފިކް ޖެހުން ކުޑަވެ، އަދި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރައްޤީކުރެވިފައިވާނެކަމަށް އެ ކުންފުނިން ބުންޏެވ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށްވާ 250 މީޓަރުގެ ސަރަޙައްދެވެ. މި މަގުވެސް ތަރައްޤީކުރަނީ 4 ލޭނަށް ބަހާލައިގެންނެވެ. މަސައްކަތް ނިމޭއިރު، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ޔަޤީންކަން ދެ އެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް އެއް އަހަރާއި ތިން މަސް ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށްޓަކައި (ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށް) އާންމުގެ ޚިޔާލު ހޯދާ އީއައިއޭ ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 144.5 މިލިޔަން ރުފިޔާއަށެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ