ސިލޯނާއެކު ދިވެހީން ޓެލެތޯންއަށް 11.4 މިލިއަން ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

ޕަބްލިިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން، ސްރީލަންކާއަށް ކުރިމަތިވި ތޫފާން ޑިޓްވާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯން، ”ސިލޯނާއެކު ދިވެހީން“ އަށް މިހާތަނަށް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

މި ޓެލެތޯނަކީ ދިވެހިރާއްޖޭގެ 37 މީޑިއާ އައުޓްލެޓް ގުޅިގެން ހިންގި ބޮޑު ކެމްޕޭނެކެވެ.

ޕީއެސްއެމް އިން ހާމަކުރެއްވި ގޮތުގައި، މި ޓެލެތޯނަށް ހާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ މެންދުރު 14:22 ޖެހުމާ ހަމައަށް ޖުމްލަ 11,415,915 ރުފިޔާ ވަނީ ލިބިފަ އެވެ. މި އަދަދުގެ ތެރޭގައި 10,743,125 ދިވެހި ރުފިޔާ އާއި 43,631 ޑޮލަރު ހިމެނެ އެވެ.

މި ޓެލެތޯން ކުރިއަށް ގެންދަން ފަށާފައިވަނީ އިއްޔެ އެވެ. އަދި 37 މީޑިއާ އައުޓްލެޓްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިއަދުގެ 14:00 އާ ހަމައަށް ކުރިއަށް ގެންދި ޔައެވެ. ސްރީލަންކާއަށް މިމަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ތޫފާން ދީތުވާގެ ސަބަބުން އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ގައުމު ވަނީ ކާރިސާގެ ހާލަތުގަ އެވެ.

ލަންކާގެ ފެންބޮޑުވުމުގެ އެންމެ ފަހުގެ ހިސާބުތައް (ކުރުކޮށް)

  • މަރުވި މީހުންގެ ޢަދަދު ވަނީ 334 އަށް އަރާފައި

  • ގެއްލިގެން ހޯދާ މީހުންގެ އަދަދު ގާތްގަނޑަކަށް 400 އަށްއަރާ.  އަދިވެސް ގެއްލިގެން ހޯދަމުންދޭ

  • ޖުމްލަ 1.3 މިލިއަން އަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވޭ

  • 15,000 އަށްވުރެ ގިނަ ގެއަށް ގެއްލުންވެ ނުވަތަ އެެއްކޮށް ސުންނާފަތިވެފައިވޭ

  • މަގުތަކަށާއި، އެހެނިހެން ވަސީލަތްތަކަށްވެސް ބޮޑެތި ގެއްލުންތަަކެއް ލިިބުނު

  • ރައީސް ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފަ

މި ޓެލެތޯންއަށް މަސައްކަތަށް ސަރުކާރުގެ ގިނަ ކުންފުނިތަކުންނާއި މުއައްސަސާތަކުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކޮށްފަ އެވެ.

ރާއްޖެ - ލަންކާ ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ