ލަންކާއަށް އެންމެ ފުރަތަމަ އެހީވުމުން މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ފެނިގެންދޭ: ރައީސް އަބްދުއްރަހީމް

Advertisement

އެންމެ ފަސް

Advertisement

ސްރީލަންކާ އަށް ކުރިމަތިވެފައިވާ ތޫފާނުގެ ހާލަތުން އަރައިގަތުމަށް އެގައުމުން އެދުނު އެދުމަށް ރާއްޖެއިން އެންމެ ފުރަތަމަ އިޖާބަދިނުމަކީ، މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، ލަންކާ އަށް ޕީއެންސީގެ ފަރާތުން ދޭ އެހީ ޕީއެސްއެމް އާ ހަވާލުކުރުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ލަންކާ އަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ. އަދި އެއް ގައުމަކުން އެންމެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭ އެއް ގައުމަކީ ވެސް ސްރީލަންކާ ކަމަށް އޭނާ ވިދާޅުވި އެވެ. ލަންކާ އިން އެހީއަށް އެދުނު އެދުމަށް އެންމެ ފުރަތަމަ އިޖާބަ ދިން ގައުމުގެ ގޮތުގައި އެގައުމުގެ ސަފީރު ރާއްޖެ ފާހަގަކުރައްވާފައިވާކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ މިއީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން ހާމަވާ ކަމެއް ކަމަށެވެ.

”އެއިން މި ދޭހަވަނީ އަވަށްޓެރި ގައުމުތަކާ އެކު މިއަދުގެ ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން. އަދި އެ ސިޔާސަތުގެ ހަރުދަނާ ކަން. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން އަޅުގަނޑުމެންނަށް މި ކަހަލަ ކޮންމެ ކަމަކުން އެނގިގެން މިދަނީ،“ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ކާބަފައިންގެ އިރުއްސުރެ ރާއްޖެއާއި ލަންކާއާ ދެމެދު ވަރަށް ބޮޑު އަޚުވަންތަކަމާއި ގުޅުމެއް އޮންނަ ކަމަށެވެ. ދިވެހިންގެ ގިނަ ބަޔަކު ލަންކާގައި ދިރިއުޅެމުންދާއިރު، ލަންކާގެ ގިނަ ރައްޔިތުންތަކެއް ވެސް އެކި ބޭނުންތަކުގައި ރާއްޖޭގައި ދިރިއުޅެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މިގޮތުން، ޕީއެންސީ ޕާލަމެންޓުން ވަނީ ޕީއެސްއެމް އިން ކުރިއަށްގެންދާ ޓެލެތޯނުގައި ބައިވެރިވެ، ލަންކާ އަށް އެހީގެ ގޮތުގައި 3 ލައްކަ ރުފިޔާ ހަދިޔާކޮށްފަ އެވެ. ޕީއެސްއެމް އިން ބުނި ގޮތުގައި، މިހާތަނަށް މި ޓެލެތޯނުން 2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ސިލޯނާއެކު ދިވެހީން ޓެލެތޯއަށް މިހާތަނަށް ވަނީ ދެ މިލިއަން ރުފިޔާ ލިބިފަ އެވެ. ހަވީރު 4:30އާ ހަމައަށް؛

  • ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 1.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ
  • ޑޮލަރު އެކައުންޓަށް ވަނީ 37 ހާހަށްވުރެ ގިނަ ޑޮލަރު

ސިލޯނާއެކު ދިވެހީން ޓެލެތޯނަކީ ޕީއެސްއެމް އާއި އިތުރު 37 މީޑިއާއަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޓެލެތޯނު ނިމޭނީ މިރޭ 1:00 ގައެވެ. މި ޓެލެތޯނުގެ ފަންޑު ފޮށިތައް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާއިރު، ފައިސާ ޓްރާންސްފާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

  • ދިވެހި ރުފިޔާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796107 އެކައުންޓަށް.
  • ޑޮލަރު ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796106 އެކައުންޓަށް.

މީގެ އިތުރުން، ދިވެހި ސަރުކާރުން ވަނީ ސްރީ ލަންކާއަށް 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖެ - ލަންކާ ކޮންގްރެސް ޕާޓީ އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ