ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ކުރިއަށް ގެންދަނީ

Advertisement

އެންމެ ފަސް

Advertisement

ދޮންބަންޑާރައިންގެ ހަޔާތްޕުޅުގެ މައްޗަށް ވީޑިއޯ ކްލިޕް ނުވަތަ ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ތާރީހާއި ސަގާފަތާއި ބެހޭ ވުޒާރާއިން ނިންމައިފި އެވެ.

އެ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި މި މުބާރަތް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ދިވެހީންގެ މެދުގައި ދިވެހި ތާރީހަށް އޮންނަ ލޯތްބާއި ޝައުގު އިތުރުކޮށް ހުރަވީ ދުވަހާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް އަހުލުވެރިކޮށް ދޮންބަންޑާރައިން ގެ ހަޔާތްޕުޅުން ނެގޭ ފިލާވަޅުތައް ރަމްޒުކޮށްދޭ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމެވެ.

މި މުބާރާތް ދެ އުމުރުފުރާ އަކަށް ބަހާލާފައިވެއެވެ. އެއީ 21 އަހަރާއި 21 އަހަރުން ދަށުގެ އިތުރުން 21 އަހަރުން މައްޗެވެ. މި ދެ އުމުރުފުރާގެ އުފެއްދުންތައް އިންސާފުކޮށް މާކުސް ދީ ވަނަތައް ހޮވުން ވެސް ކުރިއަށް ގެންދާނީ ވަކިން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި މުބާރާތުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާ ގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެއްވަނަ އަށް 15،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވެއެވެ. ދެވަނަ އަށް 10،000 ރުފިޔާ އާއި ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާއިރު 3 ވަނަ އަށް 5000 ރުފިޔާ އާއި ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ވީޑިއޯ ކްލިޕް ނުވަތަ ކުރު ފިލްމު ހުށަހެޅުމުގެ ފަހު ތާރީހަކީ އަންނަ މަހުގެ 28 ވަނަ ދުވަހެވެ. މި ވީޑިއޯ ނުވަތަ ކުރު ފިލްމާއެކު ބައިވެރިވުމަށް އެދޭ ފޯމު، އައިޑީ ކާޑު ގެ ކޮޕީ، ހުށަހަޅާ ވީޑިއޯގެ ސްކްރިޕްޓް ޑޮކިއުމެންޓް، ބައިވެރިވާ ފަރާތުގެ ޕާސްޕޯޓު ފޮޓޯ، ހުށަހަޅާ ވީޑިއޯ ނުވަތަ ކުރު ފިލްމުގެ ލިންކެއް ހުށަހަޅަން ޖެހޭނެއެވެ. މި ތަކެތި ހުށަހެޅުމަށް ޖެހޭނީ events@mdlch.gov.mv އަށް މެއިލް ކުރާށެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި މުބާރާތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި މި ވުޒާރާގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ 7699595 ނަންބަރު ފޯނަށް ގުޅުމުން ލިބޭނެކަމަށެވެ.

ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ