ތަރިކައިގެ ދާއިރާ ދިރާސާކުރުމަށް 40 ސްކޮލާޝިޕް ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫއުގެ ދަށުން، އިސްލާމިކް ޔުނިވާސިޓީ އާއި ދިވެހި ލެންގުއެއިޖު މިނިސްޓްރީ ގުޅިގެން ހިންގާ ސިގްނޭޗާ ރިސާޗް ސްކޮލަޝިޕަށް ހޮވުނު 40 މީހަކާ ސްކޮލަޝިޕް ހަވާލުކޮށްފި އެވެ.

މި ސްކޮލަރޝިޕްތައް ހަވާލުކުރުމަށް މިއަދު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް) ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.

ހެރިޓޭޖް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި ތަރިކަ އިއާދަކުރުމުގެ ގައުމީ މަޝްރޫއުގެ ވައުދުފުޅު ހަގީގަތަކަށް ހެއްދެވުމުގެ ބައެކެވެ. މި ކޯހުގެ ބައިވެރީން ޖުމުލަ 40 ދާއިރާއަކުން ދިރާސާތައް ކުރާނެ ކަމަށާއި، ކިޔެވުން ފެށުމާއެކު ބައިވެރީންގެ މަސައްކަތްތައް އިޖުތިމާއީ ވިޔުގައިގެ އެކި މަންސަތަކުގައި އާންމުކުރެވެން ފަށައި، އިލްމީ އެކި މަންސަތަކުގައި ޝާއިއުކުރަން ފަށާނެ ކަމަށް މިނިސްޓްރީއިން ވަނީ ހާމަކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ތަރިކައިގެ ދާއިރާ ތަރައްޤީކޮށް ރައްކާތެރިކުރުމަށް އެކި ދުވަސްވަރު އެކި މީހުން މަސައްކަތްކޮށްފައިވާ ކަމަށާއި އޭގެ ހެޔޮ ނަތީޖާ ވަނީ ފެނިފައި ކަމަށެވެ. ނަމަވެސް މި ފެށިގެންދާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒާމަތާއި ހަވާލުވެ ވަޑައިގެންދުވަހު އިއުލާންކުރެއްވި ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ މަޝްރޫއާއި ގުޅިފައިވާ އިންގިލާބީ އިލްމީ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވިދާޅުވީ، މިއީ ތަރިކައިގެ ދާއިރާއިން ރިސާޗު ކުރުން ވަރަށް ފުޅާކޮށް އެ ޔުނިވަސިޓީން މިދިޔަ ދެ އަހަރެއްހާ ދުވަހު ކުރަމުން އައި މަސައްކަތަށް އިތުރުވާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އައިޔޫއެމްގެ މިސްރާބު ހިފާފައި ހުރީ ދިރާސާ ކުރުމުގެ ދާއިރާ ފުޅާކޮށް، ބޭރު ދުނިޔޭގައި މަގްބޫލު ތަނަކަށް ހެދުމަށް ކަމަށާއި، އެކަމަށްޓަކައި ޔުނިވަސިޓީގެ އޮނިގަނޑަށް ގެނައި ބަދަލުގެ ނަތީޖާއަކީ އެ ޔުނިވަސިޓީއަކީ މިހާރު ބޭރުގެ ބައެއް ޕްރޮޖެކްޓްތައް ލީޑުކުރާ ތަނަކަށް ބަދަލުކުރަން ކަމަށެވެ. އަދި ގައުމީ ލެވެލްގައި ކުރަމުންދާ ދިރާސާތައް ވެސް ލީޑުކުރާ ތަނަކަށް އެތަން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ