ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ބޭނުންވާ ލިޔުންތައް ޖެނުއަރީ މަހު ހުށަހެޅޭނެ: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ބޭނުންވާ ލިޔުންތައް މިއަންނަ ޖެނުއަރީ މަހު ހުށަހެޅޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުގައި މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމަށް ހުށަހަޅަންޖެހޭ ލިޔުންތަކުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް އަންނަ އަހަރުގެ ޖެނުއަރީމަހު ހުށަހެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިސެސްކޯ އާއި ޔުނެސްކޯ އިން ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެއްކުރަންޖެހޭ މައުލޫމާތުތައް އެއްކޮށް ތަރިކައިގެ ލިސްޓުގައި ހިމެނުމުގައި ދަތިތަކެއް ހުންނަ ކަމަށެވެ. އެގޮތުން މިނިސްޓަރު ފާހަގަކުރެއްވީ ބައެއް ފަހަރަށް ބައެއް ކަހަލަ ހެކިތައް ފެންނަން ނުހުރުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ވިލަރެސްވެރިންނާއި، ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ބައެއް ބޭފުޅުންނާ ގުޅިގެން މިފަދަ ފެންނަން ނެތް މައުލޫމާތުތައް ހެއްކަށް ވާގޮތަށް ތައްޔާރުކުރެވެމުންދާ ކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.

”ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ވިލަރެސްވެރިންނާއި، ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ބައެއް ބޭފުޅުންނާ، އެ ބޭފުޅުންނާ މި ދެފަރާތުން ގުޅިގެން ކުރެވުނު މަސައްކަތުން ބައެއް މިސްކިތްތަކަށް ޓީމުތައް ގޮސް، އަލުން މަޢުލޫމާތު ނަގައި، އެ ރަށްރަށުގައި ތިބި އެ މަސައްކަތް ދަންނަ ބައެއް މީހުންގެ ބަސްދީގަތުންވެސް ނަގައި، ރެކޯޑްކޮށް، އެ ހެއްކަށްވާގޮތަށް އެ އެއްޗެހި މިހާރު ތައްޔާރުކުރަމުން އެދަނީ.“ މިނިސްޓަރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ އެގޮތުން ހިރިގަލުގެ މަސައްކަތް ކުރަން ދަންނަ ދިވެހިން މިހާރުވެސް އެބަތިބި ކަމަށާއި އެ މީހުންގެ އިންޓަވިއު ނެގޭއިރު ހެކި ލިބޭނެ ކަމަށެވެ. މިފަދަ މަސައްކަތްތަކެއް މިހާރު ކުރެވެމުން ދާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރަމުންދާތާ 14 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. މި ސަރުކާރުން މި މަސައްކަތް ކުރަނީ މިކަމަށް ޒަމާނުއްސުރެ ކުރަމުން އައި ގޮތަށް ކޮންމެވެސް ބަދަލެއް ގެނެސްގެން ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ