އައިއެމްސީޓީސީން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާ އާއެކު ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މާލޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިއެމްސީޓީސީން ރާއްޖޭގައި އިފުތިތާހު ކޮށްފައިވަނީ އެ ކޯލިޝަންގެ މިލިޓަރީ ޑޮމެއިންގެ ދެ ސްޓެރީޖިކް އިނީޝިއޭޓިވް ކަމަށްވާ ”ކޮމްޕިޓެންސް“ ނުވަތަ ގާބިލުކަން އަދި ސައިބާގެ ހަރަކާތްތަކެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަލީ އިހުސާން އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖަރ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ސިވިލް އަދި އަސްކަރީ އިސްވެރިންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި އެވެ.

”ކޮމްޕިޓެންސް“ އިނީޝިއޭޓިވްގެ މަގުސަދަކީ, އަސްކަރީ ދާއިރާއިން, ހާއްސަކޮށް ނޭވަލް މައިންއާ ދެކޮޅަށް ދިވެހިރާއްޖޭގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމެވެ. އެގޮތުން ނޭވަލް މައިންތަކާ ގުޅޭ މައުލޫމާތާއި އެ ތަކެތީގެ މެކޭނިޒަމްތަކާއި ރައްކާތެރިކަމާއެކު މައިން ނައްތާލުމުގެ އުކުޅުތައް އަދި އެންމެ ޒަމާނީ ސާމާނާއި އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން މައިން ހޯދައި ނައްތާލުން އަދި ކަނޑުއަޑީގެ އޮޕަރޭޝަންތަކުގައި ދޭ ފިލްޑް ތަމްރީނުތައް ހިމެނޭ ގޮތަށް ތިއަރީ އަދި އަމަލީ ތަޖުރިބާތައް ލިބޭ ހާއްސަ ކޯސްތަކެއް ހިންގާނެ އެވެ.

މީގެ އިތުރުން، ސައިބާ އިނީޝިއޭޓިވްގެ މަގުސަދަކީ ރާއްޖޭގައި ސައިބާ ނިޒާމުތައް އިތުރަށް ވަރުގަދަކުރުމެވެ. އެގޮތުން މި އިނީޝިއޭޓިވްގެ ދަށުން ޑިޖިޓަލް ރައްކާތެރިކަން, ނުރައްކާތައް ދެނެގަތުން, ސައިބާ ހަމަލާތަކަށް ރައްދުދިނުމުގައި ބޭނުންކުރާ އުކުޅުތައް އަދި ގައުމީ އިންފްރާންސްޓްރަކްޗާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ފަދަ ކަންކަން ހިމެނޭ ހާއްސަ ޕްރޮގްރާމްތައް ހިންގާނެ އެވެ.

އައިއެމްސީޓީސީ އާއި ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާ އާއެކު މިއަދު ސޮއިކުރި ޖޮއިންޓް އެއްބަސްވުމަކީ އަސްކަރީ އަދި ޓެކްނިކަލް ތަމްރީނުތަކާއި ތަޖުރިބާ ބަދަލުކުރުމާއި ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.

ރާއްޖެ - ސައުދީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ