ވާރޭ ނުވެހި ގިނަ ދުވަސްވާތީ އިސްތިސްގާ ނަމާދުކުރުމަށް ސައުދީ ރަސްގެފާނު ގޮވާލައްވައިފި

Advertisement

އެންމެ ފަސް

Advertisement

ދެ ހަރަމްފުޅުގެ ޚާދިމު، ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް، ސަޢޫދީ ޢަރަބިއްޔާގެ ހުރިހާ ރައްޔިތުންނަށް ނޮވެމްބަރު 13 ވާ ބުރާސްފަތި ދުވަހު އިސްތިސްޤާ ނަމާދު (ވާރޭ ވެއްސެވުމަށް އެދި ކުރާ ނަމާދު) ކުރުމަށް ގޮވާލައްވައިފި އެވެ.

ސަޢޫދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އެދިވަޑައިގަތުން އައީ ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތާ އެއްގޮތަށެވެ.

ސަލްމާން ރަސްގެފާނު ވަނީ ރައްޔިތުން ތައުބާވެ، ފާފަފުއްސެވުމަށް އެދި، ރަޙްމަތާއި ވާރޭއަށް އެދި އިޚްލާޞްތެރިކަމާއެކު ދުޢާކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ހެޔޮ ޢަމަލުތައް އިތުރުކުރުމަށް ވެސް އެމަނިކުފާނު ވަނީ މުސްލިމުންނަށް ބާރުއަޅުއްވާފަ އެވެ. މިކަމުގެ ތެރޭގައި ޞަދަޤާތް ދިނުމާއި، ސުންނަތް ނަމާދުތައް ކުރުމާއި، ދުޢާކުރުން ހިމެނެ އެވެ.

ރަސްގެފާނު ވަނީ އެހެން މީހުންނަށް އެހީތެރިވުމާއި، މީސްތަކުންގެ ބުރަތައް ކުޑަކުރުމާއި، އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ހެޔޮކަމާއި އޯގާތެރިކަމުގެ ޢަމަލުތަކަކީ ﷲގެ ރަޙްމަތާއި ބަރަކާތްތައް ޤައުމަށް ލިބިގަތުމަށް އެހީތެރިވާނެ ކަންކަން ކަމުގަ އެވެ.

ރަސްގެފާނުގެ މެސެޖުގައި، އެމަނިކުފާނު ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން، އެ ޤައުމަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި، ރަޙްމަތާއި، ބަރަކާތްތައް ދެއްވުން އެދި ދުޢާކުރައްވާފަ އެވެ.

ރާއްޖެ - ސައުދީ ސައުދީ އަރަބިއްޔާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ