ސައުދީއަކީ އަބަދުވެސް ރާއްޖެއަށް ހާއްސަ އިސްކަމެއްދޭ ގައުމެއް: ރައީސް

Advertisement

އެންމެ ފަސް

Advertisement

ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް ވަރަށް ބޮޑު ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، ސަރުކާރުގެ ދެ އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޚާރިޖީ ގުޅުންތައް ބަދަހިކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޢަރަބި، އިސްލާމީ ޤައުމުތަކާއެކު ގުޅުން ދެމެހެއްޓުމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް ދެއްވާ އަހަންމިއްޔަތުގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވް ރާއްޖެއަށް ހަމަޖެހިގެންދިޔަ ކަމަށެވެ. އަދި މި ފުރުޞަތު ރާއްޖެއަށް ލިބިގެންދިޔައީ ސަޢުދީ ރަސްގެފަނާއި ވަލީއަޙުދު ރާއްޖެއަށް ދެއްވާ ޚާއްސަ އިސްކަމުގެ ސަބަބުން ކަމަށެވެ. އެމަނިކުފާނު ވަނީ މިކަމަށްޓަކައި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ސަބަބުން މިދިޔަ އަހަރުގެ ޙައްޖުގެ ދަތުރުގައި ދިވެހި ޙައްޖާޖީންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދިޔަ ކަމަށެވެ.

”މިއަދުވެސް ސަޢުދީ ރަސްގެފާނު އަދި ވަލީއަހުދަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވަން އެކަމަށްޓަކާ، އޭގެ ސަބަބުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ތެރެއިން އަޅުގަނޑުމެންނަށް މިވަނީ ޙައްޖުގެ ވަރަށް ގިނަ ފަސޭހަތައް މިދިޔަ ޙައްޖުގައި ލިބިފައި.“

ރައީސް މުއިއްޒު ވަނީ، ޚާރިޖީ ގުޅުންތައް ބޭނުންކޮށްގެން ޤައުމަށް އެންމެ ރަނގަޅުވާނެ ގޮތްތައް ހޯދުމަކީ، ދިވެހި ރައްޔިތުން އެންމެ ބޭނުންވާނެ ގޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން، ސަޢުދީ އަރަބިއްޔާއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ފައިދާތަކަށް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ސައުދީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ