ހިޔާ އަދި ވިނަރެސް ލޯނުތަކަށް ލުއި ދޭން ރައީސް މުއިއްޒު ނިންމަވައިފި

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާ ފްލެޓްތައް ނިންމުމަށާއި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއިތަކެއް ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިކަމުގެ މައުލޫމާތު ރައީސް މުޢިއްޒު ވަނީ މިއަދު އެކްސް މެދުވެރިކޮށް ހާމަކުރައްވައިފަ އެވެ. މި ލުއިތަކުގެ ތެރޭގައި ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް ދަށްކުރުމާއި، ލޯނު ދެއްކުމަށް ދަތިވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ހިމެނެ އެވެ.

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކެކެވެ. މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއާ އެކު ވަނީ މަޝްވަރާ ކުރެވިފަ އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 އިންސައްތައިން 10 އިންސައްތައަށް ކުޑަ ކުރުމަށާއި ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސްއާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 އިންސައްތައިން 8 އިންސައްތައަށް ކުޑަ ކުރުމަށް ވެސް ވަނީ މަޝްވަރާ ކުރެވިފަ އެވެ.

މި ބަދަލުތައް ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ދީފައިވާތީ، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ރައީސް މުއިއްޒު ވަނީ ބޭންކަށް ދަންނަވާފަ އެވެ.

މި އިސްނެންގެވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ރައްޔިތުންނަށް، ޚާއްސަކޮށް ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ލޯނު ދައްކަން ދަތިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ސަރުކަރުން ފާހަގަކުރެ އެވެ.

ހިޔާ ފްލެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް ވިނަރެސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ