ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރަކު އޭނާގެ ރެކޯޑަށް ބަދަލު ގެނެސްފައިވާ ކަމަށް ޝިފާން ތުހުމަތުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފުލުހުންގެ ތެރޭގައި ހުރި އެސިސްޓެންޓް ކޮމިޝަނަރަކު އޭނާގެ ރެކޯޑުގައި ހަގީގަތާއި ހިލާފު ވާހަކަތަކެއް ހިމަނައި ބަދަލު ގެނެސްފައިވާ ކަމަށް ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ތުހުމަތު ކުރައްވައިފި އެވެ.

މި ތުހުމަތުތައް ކުރައްވާފައިވަނީ އޭނާއާ ދެކޮޅަށް ޗީފް އިންސްޕެކްޓާ ރޭންކުން މަތީ ރޭންކްތަކުގެ 11 އޮފިސަރުން ވިސުލްބްލޯވަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީއަށް ހުށަހެޅި ސިޓީއެއް ލީކުވުމާ ގުޅިގެންނެވެ.

ޝިފާންގެ ކިބައިން ފެންނަ މައްސަލަތަކެއް ފާހަގަކޮށް، 11 އޮފިސަރުންގެ ސިޓީ އިއްޔެ ލީކުކޮށްލުމާ ގުޅިގެން، ޝިފާން ވަނީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއަށް ސިޓީއެއް ފޮނުއްވާފަ އެވެ. ނަވީންއަށް ފޮނުއްވި ސިޓީގައި ޝިފާން ވިދާޅުވެފައިވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމިޝަން (ޕީއެސްސީ) ގައި އޭނާއާ ގުޅޭ ގޮތުން ރެކޯޑުކޮށްފައިވާ ޒާތީ މައުލޫމާތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލު ގެނެސްފައިވަނީ ކޮން އެސިސްޓެންޓް ކޮމިޝަނަރެއްކަން ޝިފާން ހާމަކުރައްވާފައެއް ނުވެ އެވެ.

ޝިފާން ވިދާޅުވި ގޮތުގައި، ޕީއެސްސީގައި ހިމެނޭ އޭނާގެ ރެކޯޑަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މެއި މަހު އެވެ.

”މި އަހަރު މެއި މަހުގެ ތެރޭގައި، ޕީއެސްސީގައި އަޅުގަނޑާބެހޭގޮތުން ރިކޯޑުކުރެވިފައިވާ ޒާތީ މައުލޫމާތަށް މި ހިދުމަތުގެ އެސިސްޓެންޓް ކޮމިޝަނަރަކު ބަދަލުގެނެސްފައިވާ ކަމަށް ޑިޖިޓަލް ޑާޓާ އަދި ޓެކްނޮލިޖީގެ ފަރާތުން އަޅުގަނޑަށް މައުލޫމާތު ދީފައިވޭ. މިކަން ރަސްމީކޮށް 29 މެއި ގައި އަޅުގަނޑު މި ހިދުމަތުގެ ސަމާލު ކަމަށް ގެނެސްފައިވާނެ،“ ޝިފާން ވިދާޅުވި އެވެ.

މީގެ އިތުރުން، ޝިފާން ވަނީ ޕީއެސްސީ ނިޒާމުގައި ރައްކާކުރެވިފައިވާ ބައެއް މައުލޫމާތާއި ހަގީގަތާއި ހިލާފު އެތަށް މައުލޫމާތެއް ލޯކަލް ބައެއް ނޫސް އޭޖެންސީތަކަށާއި ރަސްމީ އިދާރާތަކަށް ނޮވެންބަރު އަށްވަނަ ދުވަހު ޕީއެސްސީގެ އެކްސެސް އޮތް ފަރާތަކުން ހިއްސާކޮށްފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އަދި މި މައްސަލަ އެކަށައެޅިފައިވާ ނިޒާމެއްގެ ތެރެއިން ބެލުމަށް ވެސް އޭނާ އެދިފައިވެ އެވެ.

ޝިފާން، ނަވީންއަށް ފޮނުވި ސިޓީގެ ކޮޕީއެއް

ޝިފާންއާ ދެކޮޅަށް 11 އޮފިސަރުން 241 ކޮމިޓީއަށް ހުށަހެޅި ސިޓީގައި ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން، ފުލުހުންގެ އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ އަނބިންނާއެކު ގުޅުން ބާއްވަމުންދިޔަ ކަމަށް ތުހުމަތު ކުރާ ކަމަށާއި، ބައެއް އަންހެން މުވައްޒަފުންނާ އެކު ގަދަކަމުން ބަދު އަހުލާގީ އަމަލުތަކެއް ހިންގާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. އަދި ބައެއް ފުލުހުން ފްރޭމްކުރަން އުޅުމާއި ނުފޫޒުން ބައެއް ކަންކަން ކުރާކަމަށް ވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

241 ކޮމެޓީ ރައްޔިތުންގެ މަޖިލިސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ